މުނިފޫހިފިލުވުން

މި ފޮޓޯގައި އެ ވަނީ މި ފަހަރު ބިގްބޮސްގައި ވެސް ފާހަގަ ކޮށްލެވުނު ބޮލީވުޑުގެ ތަރިއެއް، ކާކުކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އާންމުންގެ މެދުގައި މަގުބޫލު ރިއަލީޓީ ޝޯވއެއް ކަމަށް ވާ ބިގްބޮސްއަކީ ގިނަ ބައެއްގެ ސަމާލުކަން އެއަށް ލިބެމުންދާ ވަރަށް މަޖާ ޕްރޮގުރާމެކެވެ. އެ ގޮތުން މަތީގައި އެވާ ފޮޓޯއިން ފެނިގެން އެ ދަނީ ވެސް އެ ޝޯވގައި އެންމެ ގިނަ މީހުންގެ ފޭވަރިޓަކަށް ވެގެން ދިޔަ އެއް ފަންނާނެވެ.

Ads by Sosun Fihaara

މަތީގައި އެވާ ފޮޓޯއިން ފެނިގެން އެދާ ތުއްތު ކުއްޖާއަކީ ބިގްބޮސް ސީޒަން 14 ގެ ބައިވެރިއެއް ކަމަށްވާ ރާކީ ސާވަންތެވެ. ރާކީއަކީ އޭނާގެ ސަކަރާތާއި މަޖާ މިޒާޖުން އެތައް ބައެއްގެ ސަމާލުކަން ހޯދައިފައިވާ މޮޅު ފަންނާނެކެވެ. ބިގްބޮސްގައި އޭނާ އެންމެ ފާހަގަ ކޮށްލެވެނީ ޝޯވގެ ތެރެއިން އޭނާ ކުރާ ބޮޑެތި ޒުވާބުތަކާއި ޖަހާ ސަކަރާތްތަކުންނެވެ.

މީގެ އިތުރުން ރާކީއަކީ ކުރީގެ ބޮލީވުޑް ގިނަ ލަވަތަކެއް ކުޅެފައިވާ، ނަށަން ކުޅަދާން މޮޅު ފަންނާނެއް ވެސް މެއެވެ. އަދި އެތައް ފިރިހެނުންގެ ހިތްތައް ކަތިލަމުން އަންނަ ރީތި ފަންނާނެއް ވެސް މެއެވެ.

މި ޝޯވގައި ރާކީ ވާދަ ކުރީ ވެސް ނުހަނު ހިތާމަވެރި ދަނޑިވަޅެއްގައެވެ. އޭނާގެ މަންމައަށް ކެންސަރު ޖެހި ބައްޔަށް ފަރުވާ ހޯދަމުން ދާތީ ރާކީ ދިޔައީ މަންމަގެ ހާލަތު ވެސް ގާތުން ބަލަމުންނެވެ.

އޭނާގެ ކުޑައިރުގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައި ވަނީ މިއަދާ ހަމައަށް އައި އިރު އެތައް އަޑިގަނޑަކާއި އުސްގަނޑު ތަކެއް ވެސް ދިމާވި ކަމަށާއި އެހެން ނަމަވެސް މިއަދު އޭނާ ވަރަށް އުފާވާ ކަމަށެވެ. މީގެ އިތުރުން ރާކީގެ އެ ފޮޓޯއަށް ކޮމެންޓު ކުރުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!