Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރިޕޯޓް

ޔޫންއަށް ގިނަ ބަޔަކު އެހީތެރިވެފައި ވަނިކޮށް ބޭސްފަރުވާގެ ހުރިހާކަމެއް ވިޔަފާރިވެރިއަކު ހަމަޖައްސައިދީފި

ޔޫންއަށް ގިނަ ބަޔަކު އެހީތެރިވެފައި ވަނިކޮށް ބޭސްފަރުވާގެ ހުރިހާކަމެއް ވިޔަފާރިވެރިއަކު ހަމަޖައްސައިދީފި

ހިތުގެ ބައްޔެއް ޖެހިފައިވާ އަދި ވީއެންމެ އަވަހަކަށް އިންޑިއާއިން ބޭސް ކުރަން ހަމަޖެހިފައިވާ ޔޫން މުޙައްމަދު ޔުނާން ގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ޒުވާން ވިޔަފާރިވެރިއަކު ހަމަޖައްސައިދީފިއެވެ.

ފިލްމީތަރި ޔުނާންގެ ތުއްތު ދަރިފުޅު ޔޫން އަކީ މީގެ ކުރިން ވެސް ހިތުގެ އޮޕަރޭޝަނެއް ކޮށްފައިހުރި ކުއްޖެކެވެ. އަދި މިދިޔަ މަހު ބަލިހާލު ގޯސްވުމުގެ ސަބަބުން އަނެއްކާވެސް ވަނީ ވީއެންމެ އަވަހަކަށް ފުރަން ޖެހިފައެވެ.

ނަމަވެސް ކުރިން އާސަންދަ ލިބުނީ އަމްރިތާ ހޮސްޕިޓަލުން ކަމަށްވެފައި، އެއިރު ޔޫން ބެލި ޑޮކްޓަރު މިހާރު އެހޮސްޕިޓަލުގައި މަސައްކަތް ނުކުރާތީ، ޔުނާން މެންނަށްވަނީ އެޑޮކްޓަރު ހުންނަ ހޮސްޕިޓަލަށް ޔޫން ގޮވައިގެން އަމިއްލަ ޚަރަދުގައި ދާން ޖެހިފައެވެ.

Advertisement
Allied Insurance — Square (box)

އެއީ ވަރަށް ބޮޑު ޚަރަދެއްކަމުން ވަރަށް ގިނަ ބަޔަކު ވަނީ ޔޫންގެ ބޭސްފަރުވާއަށް އެކި ގޮތްގޮތުން އެހީތެރިވެފައެވެ. ނަމަވެސް އެހުރިހާ އެހީއެއް ލިބުމަށްފަހު މިއަދު މިވަނީ އެއަށްވުރެ އުފާވެރި ދެ ޚަބަރެއް އެއާއިލާއަށް ލިބިފައެވެ. އެއް ޚަބަރަކީ ބޭސް ކުރަން އިންޑިއާ އަށް ދާން އާސަންދައިން ޓްރިވެންޑްރަމް އަށް ދިޔުމަށް ޖާގަ ހަމަޖެހި ލިސީ ހޮސްޕިޓަލުން ބޭސް ކުރުން އެންސްޕާގެ ފަރާތުން ހަމަޖެހުމެވެ. އަނެއް ޚަބަރަކީ މިހުރިހާ ކަމެއް ހަމަޖެހިފާ ހުއްޓާ ޒުވާން ވިޔަފާރިވެރިއެެއް ޔޫން އަށް އެހީތެރިވުމަށް ބޭސްފަރުވާގެ ހުރިހާ ޚަރަދަކަށްވާ ފައިސާ ދިނުމެވެ.

"ދެން" އަށް މައުލޫމާތު ދެމުން ޔުނާން ގެ އަންހެނުން ފާތިމަތު ރިހުލާ ބުނީ އެއީ ކޮން ވިޔަފާރިވެރިއެއް ކަމާއި ދިން އަދަދު ހާމަ ކުރެވެން ނެތް ކަމަށެވެ.

"އޭނަ ހަަމަ އަމިއްލަ ގޮތުން ޔޫން އަށްދޭ ހަދިޔާއެެއްގެ ގޮތުން އެހީތެރިވެދިނީ. ރޭގައި ވެސް ބުނި އެހީވާން. މިއަދު ކަންކަން ހަމަޖެހުނު ވާހަކަ ބުނީމަވެސް އޭނަ ރަނގަޅު ކަމުން އަމިއްލައަށް އެހީވާން ބޭނުންވެގެން އެފައިސާ ދިނީ" ރިހޫ ބުންޏެވެ.

އެކި ގޮތްގޮތުން އެނގިފައިވާ ގޮތުގައި ޔޫން އަށް އެހީތެރިވެ ދެއްވީ ފަހަކަށް އައިސް ކިޔަވާ ކުދިންނަށާއި ޔަތީމު މިސްކީނު ކުދިންނަށާއި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް ވަރަށް ބޮޑު އެހީތެރި ކަމެއް ވެދެއްވަމުން ވަޑައިގަންނަވާ ޒުވާން ވިޔަފާރިވެރިއެކެވެ.

އޭނާވަނީ ކޮވިޑްގެ ލޮކްޑައުންގައި ވެސް ބޭނުން ޖެހިފައިތިބި އެކި ފަރާތްތަކަށް ބޮޑެތި އެހީތަކެއް ވެދެއްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް