Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް އަށް ފައްސިވާ ފްރަންޓްލައިން މީހުން ގިނަ: ޑރ. އަފްޒަލް

ކޮވިޑް އަށް ފައްސިވާ ފްރަންޓްލައިން މީހުން ގިނަ: ޑރ. އަފްޒަލް

ރާއްޖޭގައި ކޮވިޑް19 އަށް ފައްސިވާ މީހުންގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ގިނަ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ކޮވިޑަށް ފައްސިވެފައިވާ މިންވަރު ގިނަ ކަމަށާއި ފައްސިވާ ދިވެހިންގެ ކޮންޓެކްޓުން ވެސް ގިނަ ކަމަށެވެ. އަދި މިކަމަށް ސަމާލުވުމަށް ވެސް ޑރ. އަފްޒަލް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޑރ.އަފްޒަލް ވިދާޅުވީ ކްލަސްޓާ ގިނަވުމުގެ ސަބަބުން ދޭހަވެގެންދަނީ ބަލި ފެތުރޭ މިންވަރު ކުރިއަށް ވުރެ އިތުރުވެފައިވާކަމަށާއި ފުރަބަންދުގައި އޮތުމަށްފަހު ދެވުނު ލުއިތަކާއި އެކު ކޭސްތައް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ އަންލިންކް ކޭސްތައް ކަމަށް ވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ކޮންމެ ދުވަހަކުވެސް ރާއްޖެއިން މިބައްޔަށް ފައްސިވާ މީހުންގެ ތެރޭގައި ދިވެހިން ގިނަކަން ވެސް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު ދިވެހިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ، އެގޮތުން އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއް" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް