މިނިވަން ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.
މި ނާޒުކު ވަގުތުގައި މިނިވަންކަން ހިމާޔަތް ކުރުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށް މުއިއްޒު ގޮވާލައްވައިފި
މި ނާޒުކު ވަގުތުގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށް ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވާފައެވެ.
މީގެ އިތުރުން މުއިއްޒު ވަނީގައުމުގެ މިނިވަންކަމާއި އިސްތިގްލާލް އަތުން ބީވެ ނެތި ދިއުމުގެ ބިރު ކޮންމެ ރައްޔިތެއްގެ ހިތުތެރޭގައި އުފެދެމުންދާ މި ނާޒުކު ވަގުތުގައި، މިނިވަންކަން ހިމާޔަތް ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އަޒުން ކަނޑައެޅުމަށް ވެސް ގޮވާލައްވާފައެވެ.
Minivan dhuvahuge thahniya emmehaa rayyithunnah ariskuran. Qaumuge minivan kamaa isthiqlaal athun beeve nethi dhiyumuge biru komme rayyithegge hithuthereygai ufedhemundhaa mi naazuku vaguthugai, minivankan himaayai kurumah farudhee zimmaa adhaakurumah azum kanda alhamaatho!
— Dr Mohamed Muizzu (@MMuizzu) July 26, 2020