ގައުމުގެ ހުންގާނުގައި ތިބީ ގައްދާރުން، އެމީހުންނަށް މި ގައުމުގެ ދީނެއް، މިނިވަންކަމެއް މުހިންމެއް ނުވާނެ: ޝިޔާމް
ގައުމުގެ ހުންގާނުގައި ތިބީ ގައްދާރުން ކަމަށާއި އެމީހުންނަށް މި ގައުމުގެ ދީނެއް، މިނިވަންކަމެއް އަދި ގައުމިއްޔަކެއް މުހިންމެއް ނުވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ މިއަދު ފެންނަނީ ގައުމަށް އާމްދަނީ ހޯދާނެ ގޮތެއް ނޭނގި ކުޑަ ފައިސާކޮޅަކަށް ގައުމު އަޅިވެތި ކުރުވާ މަންޒަރު ކަމަށެވެ.
"ގައުމުގެ ހުންގާނުގައި ތިބީ ގައުމަށް ގައްދާރުން އެމީހުންނަށް މި ގައުމުގެ ދީނެއް، މިނިވަންކަމެއް އަދި ގައުމިއްޔަކެއް މުހިންމެއް ނުވާނެ." ޝިޔާމް ވިދާޅުވިއެވެ.
Miadhu fennanee Qaumah aamdhanee hoaadhaane gotheh nengi kuda faisaa kolhakah Qaumu alhuvethi kuruvaa manzaru. Qaumuge hungaanugai thibee Qaumah gahdhaarun. Emeehunah mi Qaumuge dheeneh, minivankameh qaumiyyatheh muhimmeh nuvaane. #FreePresidentYameen https://t.co/9UZZa7TQaq
— Ahmed Shiyam (@Shiyamaldives) July 26, 2020
ސަރުކާރާއި އިންޑިއާގެ ގުޅުމަށް ނުސިދާކޮށް ޝިޔާމް ފާޑުވިދާޅުވި އިރު، އިންޑިޔާއިން ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ގުޅުންތަކުގެ މައްޗަށް ނޭދެވޭ ގޮތުގައި އަސަރު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.