ރާއްޖޭގައި ބޭރު މީހުން އާބާދު ކުރުމަކީ ސަރުކާރުން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން: ހޫދު
ރާއްޖޭގެ އެއްވެސް ސަރަަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމަކީ ސަރުކާރުން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު މިހެން ވިދާޅުވެފައިވަނީ ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ބުނެ ދިޔަރެސް ނޫހުގައި ޝާއިރު ކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.
އެ ވާހަކަތައް ދޮގު ކުރައްވައި ހޫދު ވިދާޅުވީ އެއީ ރޯ ބުހުތާދު ދޮގު ވާހަކައެއް ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައި ނުވާނެ ކަމަށެވެ.
Roa buhuthaanu dhogu. Rajjeyge evves sarahadhehgai beyru meehun aabaadhu kurumuge evves visnumeh evves iraku sarukaarun gengulhefa eh noanaane. Ei dhuvahaku kuraane kameh ves noon. https://t.co/ewBLyqtGHy
— Ibrahim Hood (@MvSpokesperson) July 26, 2020
އެ ހަބަރުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެކަމަށް އެއްބަސްވެފައި ނުވިނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިން މިހާތަނަށް ދައްކަވާފައި ހުރިވާހަކަ ތަކުން، ސަރުކާރުން މިކަން ކުރިޔަށް ގެންދަން ބޭނުންވާކަން ހާމަވާ ކަމަށެވެ.
އެގޮތުން ދާދިފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރާއްޖެއަށް އިންވެސްޓުކުރާ ބިދޭސީންނަށް "ސެކަންޑް ހޯމް" ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށާއި، އެ ޕްރޮގްރާމް ހިންގުމަށްޓަކަައި ރެޒިޑެންސީ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އެ ހަބަރުގައި ވެއެވެ.