Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދީން

ޙަޔާތުގައި ދިމާވާ މައްސަލަތަކާއި ދަތި އުނދަގޫ ޙާލަތްތައް މެދުވެރިވަނީ ސަބަބުތަކަކަށްޓަކައި: މުފްތީ މެންކް

ޙަޔާތުގައި ދިމާވާ މައްސަލަތަކާއި ދަތި އުނދަގޫ ޙާލަތްތައް މެދުވެރިވަނީ ސަބަބުތަކަކަށްޓަކައި: މުފްތީ މެންކް

ޙަޔާތުގައި ދިމާވާ މައްސަލަތަކާއި ދަތި އުނދަގޫ ޙާލަތްތައް މެދުވެރިވަނީ ސަބަބުތަކަކަށްޓަކައި ކަމަށާއި ، ﷲ ތަޢާލާ އެދި ވޮޑިގެންވަނީ (ތިބާ އެކަންކަމަށް ކެތްތެރިވެ) ތިިބާގެ ދަރަޖަ އުފުއްލަވަން ކަމަށް ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބުނު މޫސާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އެތައް މިލިއަން ބަޔަކު ފޮލޯ ކުރާ މުފްތީ މެންކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިމާވާ މައްސަލަތައް ހެޔޮ ހިތުން ޤަބޫލު ކުރަން ޖެހޭނެ ކަމަށާއި މައްސަލަތަކުގެ ފެށުމަކީ ކޮބައިތޯ ބަލާ އެކަންކަން ޙައްލު ކުރަންވާނެ ކަމަށެވެ. އަދި ކަންކަން ޙައްލު ކުރުމަށް ﷲ ތަޢާލާގެ މަދަދުވެރިކަމަށް އެދިއްޖެނަމަ އެކަމަށް ދެންނެވުމުން ﷲ ތަޢާލާ އެކަމެއް ފުއްދަވައިދެއްވާނެ ކަމަށް މެންކް ވިދާޅުވިއެވެ.

''ތިބާއަށް ދިމާވެފައިވާ މައްސަލަތައް ދޫކޮށް ތިބާއަކަށް ނުދެވޭނެ ، ﷲ ތަޢާލާ އެކަން މެދުވެރި ކުރައްވަނީ ސަބަބުތަކަކަށް ޓަކައި ، މައްސަލަތަކާއި ދަތި އުނދަގޫ ކަންކަން ހިތުން ރުހުމުން ޤަބޫލުކުރޭ ، އެކަންކަމުގެ ފެށުމަކީ ކޮބައިތޯ ބަލާ ، ޙައްލު ކުރެޭ ، ﷲ ތަޢާލާގެ މަދަދުވެރިކަމަށް އެދިއްޖެނަމަ އެ އިލާހު މަދަދުވެރިވެ ވޮޑިގަންނަވާނެ ، ﷲ ތަޢާލާ އިމްތިހާން ކުރައްވަނީ (ދަތި އުނދަގޫ ޙާލަތްތަކުގައި) ތިބާ އެކަންކަމާއި ކުރިމަތިލާގޮތް ، އެ އިލާހު އެދި ވޮޑިގެންވަނީ ތިބާގެ ދަރަޖަ އުފުއްލެވުމަށް" މެންކް ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މުފްތީ މެންކަކީ ދީނީ ދަޢުވަތު ފެތުރުމުގައި ވަރަށް ހަރަކާތްތެރި ބޭކަލެކެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު އެތައް ފިލާވަޅުތަކެއް ދެއްވައެވެ. ގިނަ ޢަދަދެއްގެ ޣައިރު މުސްލިމުން ވެސް މުފްތީ މެންކް ފޮލޯ ކުރަމުން ގެންދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް