ފޮޓޯ ސްޓޯރީ

ކޮވިޑް-19: ސީސައިޑް ފިނޮޅުން ހަތަރު މީހަކު ފައްސި ވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ބ، އަތޮޅުގެ ރިސޯޓެއް ކަަމަށްވާ ސީސައިޑް ފިނޮޅުން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ބަންދު ކޮށްފައި އޮތް އެތަނުން ކޮވިޑަށް ފައްސިވީ އެތަނުގައި މަސައްކަތް ކުރަން އުޅުނު ހަތަރު މީހެކެވެ.

އޭގެ ތެރެއިން ފުރަތަމަ ފައްސި ވެފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން މާލެ އައި މީހެކެވެ. އޭނާ ފައްސިވީ ފަހުން ކޮންޓެކްޓް ޓްރޭސިންގ ހެދިއިރު އިތުރު ތިން މީހުން ފައްސި ވެފައިވާކަން ވަނީ ހާމަ ވެފައެވެ.

ސީސައިޑް ފިނޮޅުން ފައްސިވީ ހަތަރު މީހުންގެ ތެރެއިން ފަހުން ކޮވިޑް އަށް ފައްސިވީ ތިން ތިބީ އެފިނޮޅުގައި އެކަހެރި ކޮށްފައިކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތި ދީފައިވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!