Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ރިޕޯޓް

އެންމެ ގާތް ރަހުމަތްތެރިޔާ އެހެން މީހަކާއެކު “ހޭންގްއައުޓް” ކުރާތީ ހިތަށް އަސަރު ކުރޭތަ؟

އެންމެ ގާތް ރަހުމަތްތެރިޔާ  އެހެން މީހަކާއެކު “ހޭންގްއައުޓް” ކުރާތީ ހިތަށް އަސަރު ކުރޭތަ؟

ކޮންމެ މީހަކުވެސް އެމީހެއްގެ ހުރިހާ ކަމެއް ހިއްސާ ކުރާ ރަހުމަތްތެރިއަކު ހުންނާނޭކަން ޔަގީނެވެ. އެމީހަކަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވާރަހުމަތްތެރިއަކު ހުންނާނެ ކަން ޔަގީނެވެ.

އެ ރަހުމަތްތެރިޔާ އެހެން މީހަކާއެކު އުޅޭތަން ފެނުމުން ހިތަށް އަސަރު ކުރޭ ހެއްޔެވެ؟ އެ ރަހުމަތްތެރިޔާ އެހެން ރަހުމަތްތެރިއަކަށް ވާހަކަތައް ހިއްސާކުރާތަން ފެނުމުން އެކަމާ ހިތް ނުތަނަވަސް ވޭ ހެއްޔެވެ؟

މިއީ ވަރަށް ގިނަފަހަރަށް ދިމާވާ ކަމެކެވެ. އެންމެ ގާތް ރަހުމަތްތެރިޔާ އެހެން މީހަކާ އެކު ވަގުތު ހޭދަ ކުރަން ފެށުމުން ތިމާއަށް އެ ރަހުމަތްތެރިޔާ ވަގުތު ނުދެނީކަމަށް ހީކުރެވެއެވެ. ތިމާ ބިޒީ ވުމުގެ ސަަބަބުން އެ ރަހުމަތްތެރިޔާއަށް ވަގުތު ނުދެވޭތީ ތިމާ ބޭކާރުކޮށް އެހެން މީހަކާ އެކު އުޅެނީ ކަމަށް ހީކުރެވެއެވެ.

Advertisement
Ooredoo — Truecaller (box)

ނަމަވެސް ހަގީގަތަކީ އެއީ އެއް ނޫނެވެ. އެންމެ ގާތް އެކުވެރިޔާއަށް ހިތުގައި ދެވިފައިވާ ގަދަރަކީ ދުވަހަކުވެސް ބަދަލު ވާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ. ދެމީހުންގެ ދޭތެރޭގައި ކިތައްމެ ގިނަ މައްސަލަތަކެއް ޖެހިފައި ހުރި ކަމުގައި ވިޔަސް އެ ރަހުމަތްތެރިޔާ އަބަދުވެސް މުހިއްމު ވާނެ ކަން ޔަގީނެވެ.

އެ ރަހުމަތްތެރިޔާއަކީ ތިމާއާއެކު އެތައް ހަނދާންތަކެއް ހިއްސާކޮށްފައިވާ މީހެއް ކަން ޔަގީނެވެ. އެ ރަހުމަތްތެރިޔާ ވަނީ ތިބާގެ އެތައް އުފަަލަކާއި ހިތާމައެއްގައިބައިވެރިވެފައެވެ. އެ ރަހުމަތްތެރިޔާއަށް ހިތުގައި ދެވިފައިވާ ގަދަރު ދުވަހަކުވެސް ބަދަލު ނުވާނެ ސަބަބަކީ އެއީއެވެ.

ތިބާގެ އެންމެ ގާތް ރަހުމަތްތެރިޔާ އެހެން މީހަކާ އެކު ވަގުތުތައް ހޭދަ ކުރި ނަމަވެސް ތިބާ ބޭކާރު ކޮށްލަނީ ކަމުގައި ހީނުކުރާށެވެ. ތިޔަ ކުރެވެނީ ކުށްހީއެކެވެ. އެހެނީ އެ ރަހުމަތްތެރިޔާގެ ހިތުގައި ތިބާއަށް ދެވިފައިވާ ހާއްސަކަން އެހެން މީހަކަށް ނެދެވޭނެތީއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް