Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދެ ގާޟީއެއްގެ ސްލޫކީ މައްސަލައެއް ބަލަން ފަށައިފި

ދެ ގާޟީއެއްގެ ސްލޫކީ މައްސަލައެއް ބަލަން ފަށައިފި

ސްޕީރިއާ ދެ ކޯޓެއްގެ ފަނޑިޔާރުންގެ ސްލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.

ވަކިވަކިން ދެ ޤާޟީންގެ މައްސަލަ ތަޙުޤީޤުކުރަން އެ ކޮމިޝަނުން ފަށާފައި ވާކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ދެ ނޫސް ބަޔާނެއްގައި ވަނީ ހާމަ ކުރައްވާފައެވެ.

އެ ގޮތުން މައްސަލަ ބަލަން ފަށާފައި ވަނީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދުގެ މައްސަލައަކާއި ކުރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ މައްސަލައެކެވެ.

Advertisement
Allied Insurance — Square (box)

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ޙުކުމް ތަންފީޒުގެ މައްސަލައެއް ނިންމެވީ އެއްވެސް ޚަސްމަކު ޙާޟިރު ކުރުމަކާ ނުލައި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކީ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޖޭއެސްސީން ބުނީ މި މައްސަލައިގެ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ޒުބައިރުގެ މައްސަލަ ތަޙުޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވައިލާފައި ވަނީ އޭޕްރީލް 7 ވަނަ ދުވަހު އޮތް ކޮމިޝަނުގެ 30 ވަނަ ބައްދަލުވުމުގައެވެ. ސަމީރުގެ މައްސަލަ ތަޙުޤީޤުކުރަން ކޮމިޓީއެއް އެކުލަވައިލީ 24 މާޗުވީ ދުވަހު އޮތް އެ ކޮމިޝަނުގެ 25 ވަނަ ބައްދަލުވުމުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް