ޚަބަރު

ހޯރަފުށި، ހިންނަވަރު، ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހއ. ހޯރަފުއްޓާއި ޅ.ހިންނަވަރު އަދި ގދ.ތިނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ރާއްޖޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހއ.ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޙަވާލު ކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އަދި ޅ.ހިންނަވަރާއި ގދ.ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

މަޝްރޫޢުތައް ޙަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުނފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި މަޝްރޫޢުތަކާ އެކު މަގުތަކުގައި ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!