ނިމާލް އަދި މުހައްމަދު އިސްމާއިލަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، ދެބޭފުޅުން ފުލުހަށް ހާޒިރު ކުރަނީ ރޭ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި އެ ގާނޫނާ ހިލާފަށް އަމަލުކުރަން އާއްމުންނަށް ހިތްވަރު ދިނުމާއި ގާނޫނު އަސާސީގައި ބަޔާންކުރާ އެއްތަނުން އަނެއް ތަނަށް ދިއުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، މަގުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ހުރަސް އަޅައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ހުރަސްއަޅައި ދައުލަތުގެ މަސައްކަތް ކުރުމަށް ދަތިކޮށް ހުރަސް އެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.
ޗިޓު މައްޗަށް ޗިޓު ފޮނުވިޔަސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: ޝިޔާމް
ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިއްޔެރޭ ބޭއްވި މުޒާހަރާ އާއި ގުޅިގެން މުޒާހަރާ ލީޑް ކުރެއްވި ބައެއް ބޭފުޅުން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރު ކުރާތީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.
ސަރުކާރާއި ދެކޮޅު މުޒާހަރާ ކުރިއަށް ގެންދިއުމުގައި އިސްކޮށް ތިއްބެވި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިމާލް މިއަދު ހަވީރު ފުލުހަށް ހާޒިރު ވާން ވަނީ ޗިޓް ފޮނުވާފައެވެ.
އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗިޓު މައްޗަށް ޗިޓު ފޮނުވި ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި ވާދަވެރިން އަނގަ ބަންދުކޮށްފައި ސަރުކާރު ހިންގާނީ ގައުމު އަޅުވެތިކުރަން ކަމަށެވެ.
"އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން." ޝިޔާމް ވިދާޅުވިއެވެ.
Chit mahchah chit fonuviyas fahathah jehumeh neiy. Vaadhaverin anga bandhukoffa sarukaarun hinganee qaumu alhuvethikuran. Efurusatheh alhugandumen nudheynan. @ibusolih
Ras Online - ޗިޓު މައްޗަށް ޗިޓު ފޮނުވިޔަސް ފަހަތަކަށް ނުޖެހޭނެ - ޝިޔާމް https://t.co/sHGPbX7f8O
— Ahmed Shiyam (@Shiyamaldives) July 28, 2020