އީދު ނަމާދު ބޮޑު ޖަމާއަތުގައި އައްޑޫގައި ވެސް ނުކުރާނެ!
![](https://dhen.mv/wp-content/uploads/2020/08/myCv3gBWV5Rt5Ih-850x548.jpeg)
ކޮވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ އެއްވެސް ރަށެއްގައި އާޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރަންނިންމައިފިއެވެ.
ނަމަވެސް އެސިޓީގެ ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި އަޟްހާ އީދު ނަމާދު ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އީދު ނަމާދު މިސްކިތްތަކުގައި ކުރި ނަމަވެސް، ހުރިހާ ބޭފުޅުންވެސް މާސްކު އަޅުއްވައިގެން އަދި އަމިއްލަ މުސައްލަ އެއް ހިފައިގެން މިސްކިތަށް ދިއުމަށްކައުންސިލުން އިލްތިމާސް ކުރެއެވެ.
ކޮވިޑް-19 އާއި އެކު ރާއްޖޭގައި ފުރަބަންދަށް ބޮޑެތި ލުއި ތަކެއް ދީފައިވާއިރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވާކަން ފާހަގަ ކުރެވެއެވެ.