ޚަބަރު

އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަން ކުރެވެން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ވެރިކަން ކުރެވެން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަކުރު އެނގެން ފެށީއްސުރެ ގަބޫލު ކުރެވިފައި ވަނީ ގައުމެއްގެ ވެރިކަން ކުރެވެން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ނުދެއްވާ ނަޝީދު ވަނީ އެހެން ސުވާލުތަކަށް ޖަވާބުދޭން ފަށާފައެވެ.

ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށާއި އެ ނިޒާމް ގެންނަ ނަމަ، ދާންޖެހޭނީ ރައްޔިތުންގެ ކައިރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް 2008 ވަނަ އަހަރު ރައީސްކަމަށް އިބްތިހާބުވެވަޑައިގަތުމަށް ފަހު އޭރުގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި އަލުން އިންތިހާބަކަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!