ސައްލެގެ ރަށުން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީއަށް

ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)ގެ ރަށް، ހޯރަފުށީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބު ކޮށްފިއެވެ.
ހޯރަފުށި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަލީ އާރިފަށް 794 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދަށް ލިބިވަޑައިގެންނެވީ 855 ވޯޓެވެ.
ހޯރަފުށީގެ ގޮނޑިތައް އެމްޑީޕީން ކަށަވަރު ކުރި ނަމަވެސް އެ ޕާޓީއަށް ލިބުނު ވޯޓްގެ އަދަދުތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު އަދަދާ އަޅައި ބަލާއިރު މަދުކަން ފާހަގަ ކޮށްލެވެއެވެ.
އެމްޑީޕީން ވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީ ކާމިޔާބު ކޮށްފައެވެ.
މީ ވަޔަކުން ވީ ކަމެއް. ދެން އެއްވެސް ދައުރެއްގަ ނުހޮވޭނެ. ތޮޔަބުނާ ސައްލެއެއްވެސް އައުޓްވާނެ