Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާފަރުގެ މެޖޯރިޓީ އެމްޑީޕީއަށް، ޕީޕީއެމްއަށް ލިބުނީ އެންމެ ގޮނޑިއެއް

މާފަރުގެ މެޖޯރިޓީ އެމްޑީޕީއަށް، ޕީޕީއެމްއަށް ލިބުނީ އެންމެ ގޮނޑިއެއް

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނ.މާފަރުގެ 4 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށް ކައުންސިލްގެ މެޖޯރިޓީ ހޯދައިފިއެވެ.

މާފަރުގެ ރަށު ކައުންސިލްގެ ރައީސް ކަމުގެ މަޤާމު މާ ކުރިން ވެސް އެމްޑީޕީއަށް ވަނީ ޔަގީން ވެފައެވެ. އެގޮތުން އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު އަދުނާން އެ ގޮނޑި ކާމިޔާބު ކުރެއްވީ އެހެން އެއްވެސް މެންބަރަކު އެ ގޮނޑިއަށް ވާދަ ނުކުރައްވާތީއެވެ.

މާފަރުގެ ވަގުތީ ނަތީޖާއަށް ބަލާލާއިރު އެންމެ ގިނަ ވޯޓް ލިބިފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު އާމިރު (ކަރޭ) އަށެވެ. އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަތޫފް އަބްދުﷲ އަށެވެ. ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީގެ އަންހެން ކެނޑިޑޭޓް އައިޝާ އަށެވެ. އެހެންކަމުން ރަށު ކައުންސިލްގެ ރައީސްގެ ގޮނޑިއާއެކު އެމްޑީޕީއަށް ވަނީ 4 ގޮނޑި ކާމިޔާބު ވެފައެވެ.

Advertisement
Ooredoo — Square (box)

ޕީޕީއެމްގެ ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބުވި ކެނޑިޑޭޓަކީ ޕީޕީއެމްގެ އަންހެން ކެނޑިޑޭޓް ޝިބާ އަބްދުﷲ އެވެ.

މާފަރުގެ ކައުންސިލްގައި މިހާރު ވެސް އޮންނަނީ އެމްޑީޕީގެ މެޖޯރިޓީއެވެ.

މާފަރު ހިމެނޭ ނ. އަތޮޅުގެ ކައުންސިލްގެ ރައީސް ކަމަށް ވެސް ހޮވިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ބަޝީރުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް