Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގެ ވޯޓު އެމްޑީޕީއަށް ގެއްލިގެން ދިޔުމަކީ ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތް ނިމުމުގެ ފެށުން: މުސްތަފާ

މާލޭގެ ވޯޓު އެމްޑީޕީއަށް ގެއްލިގެން ދިޔުމަކީ ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތް ނިމުމުގެ ފެށުން: މުސްތަފާ

މާލެގެ ވޯޓު ވެރިކަންކުރާ އެމްޑީޕީއަށް ގެއްލިގެން ދިޔުމަކީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ޙަޔާތުގެ ނިމުންކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުއަށް މި ލަނޑުދިނީ ޙަސަން ލަތީފު ކަހަލަ "ދިއުޅިއެއް ނުވާ މައްކާރުން" ކަމަށެވެ.

"މިއަދު އަލީ އާޒިމް އަށްވެސް ސާފުވާނެ މާލޭގައި ރާއްޖެތެރޭ މީހުން ވެސް ވަޒަންވެރިވެ އުޅޭކަން." މުސްތަފާ ވިދޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/Thimarafushi/status/1381150821899927555?s=20

މީގެއިތުރުން މުސްތަފާ ވިދާޅުވީ ގެދޮރު ދޭނަމޭ ބުނެ ހީލަތްތެރި ދޮގު ހެދި ކަމަށާއި ދީނަށް ފުރައްސާރަކޯށް، ޤައުމު އިންޑިއާއަށް އަޅުވެތި ވެސް ކުރުވި ކަމަށެވެ.

"ކޮވިޑްގެ ނަމުގައި ވައްކަން. މިއީ ސަރުކާރުން 2.5 އަހަރު ހިންގި ސިޔާސަތުތައް." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ވެރިކަމުގެ ހުރިހާ "ޓޫލްސް" އަތްމަތީ ޖަމާވެފައި އޮއްވާ އެމްޑީޕީއަށް ލިބިފައި މިވަނީ "ހުތުރު ބައްޔެއް" ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުނު ނަމަވެސް މުހިންމު ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ވެރިކަންކުރާ މާލެސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ކާމިޔާބުނުވެ، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްު ކާމިޔާބު ކުރެއްވިކަމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް