Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީގެ މެޖޯރިޓީ އޮތް ހޮޅުދޫން އެމްޑީޕީއަށް މިފަހަރު ބުނީ ނޫނެކޭ

އެމްޑީޕީގެ މެޖޯރިޓީ އޮތް ހޮޅުދޫން އެމްޑީޕީއަށް މިފަހަރު ބުނީ ނޫނެކޭ

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނ.ހޮޅުދޫގެ ހަތަރު ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށް ކައުންސިލްގެ މެޖޯރިޓީ ހޯދައިފިއެވެ.

ހޮޅުދޫގައި މިހާރު އޮންނަ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

އެ ރަށު ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ރިލްވާން މުހައްމަދުއެވެ. އޭނާއާ ވާދަކުރެއްވި ކެނޑިޑޭޓަކީ އެމްޑީޕީގެ ކެނޑިޑޭޓް އަހްމަދު ފާރިޝްއެވެ.

Advertisement
Ooredoo — Square (box)

އެރަށު ކައުންސިލްގެ އާންމު މެންބަރުކަމަށް ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓް އަހްމަދު އިރުފާނާއި ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު އަލީއެވެ. އަދި އަންހެނުންނަށް ޚާއްސަ ގޮނޑި ލިބުނީ ޕީޕީއެމްގެ ދެ ކެނޑިޑޭޓުން ކަމަށްވާ މަރިޔަމް ވަހީދާ އާއި އައިޝަތު ހަސްމާއެވެ.

ނޫނު އަތޮޅު ރައީސް ކަމަށް ވެސް ޕީޕީއެމުން ކުރިމަތިލެއްވީ ހޮޅުދޫގެ ކެނޑިޑޭޓެކެވެ. ނަމަވެސް ނޫނު ރައީސަކަށް ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ބަޝީރުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް