Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.

މި ގޮތަށް ކަނޑައަޅައިފައި ވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދަަކަށް ހަނދު ފެނިފައި ނުވާތީ އާއި ފަލަކީ ހިސާބުން ވެސް އެގޮތަށް ނުފެންނާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަލީ ޒާހިރު މިރޭ ވިދާޅުވިއެވެ. އެހެންކަމުން މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި ވަނީ ނިންމާފައެވެ.

މިރޭ ހަނދު ބެލުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވަނީ ރޯދަ މަހު ނަމާދުކޮށް އަޅުކަންތަކުގައި މަޝްއޫލްވެ އުޅުމަށް ނަސޭހަތްތެރިވެފައެވެ.

Advertisement
Ooredoo — Square (box)

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ހިމެނޭ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ. ހެކިބަސް އަދާކުރުމަށްޓަކައި ދަތުރުފަތުރުގެ ޚަރަދު ދޫކުރާނީ ވެސް އެއިދާރާއިންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް