ބޮލީވުޑް

ނުދަންނަ މީހުންގެ ކައިވެނި ޕާޓީތަކަށް އަހަރެންގެ ބައްޕަ ގޮސް ، ކައި އުޅުނު: ޝިލްޕާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ ކުންދްރާ އަބަދުވެސް ފާހަގަވެފައި ވަނީ ވަރަށް ފިޓުކޮށް ހުންނަ، ކަސްރަތު ކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ބަހައްޓާ މީހެއްގެ ގޮތުގައެވެ. އޭނާއަށް ބަލައިލައިފައި އެއީ އެހާ ގިނައިން ކައި އުޅޭ މީހެކޭ ގިނަ މީހުން ނުބުނާނެއެވެ.

Ads by STELCO

ނަމަވެސް ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނީ ހަގީގަތުގައި އޭނާއަކީ ވަރަށް ކާ މީހެއް ކަމަށެވެ. ނަމަވެސް އޭނާ ކަނީ ވަކި ވަގުތުތަކެއްގައި، އެކި ޕޯޝަންތަކަށް ބަހައިލައިގެން ކަމަށް ވެސް ޝިލްޕާ ބުންޏެވެ.

އެ ޝޯގައި ޝިލްޕާ ބުނީ ކާ އެއްޗެހި ދެކެ ލޯބިވެ، ކެއުމަށް ފޯރި ހުންނަނީ ހަމައެކަނި އެ އާއިލާގައި ހަމައެކަނި އޭނާ އެކަނި ނޫން ކަމަށެވެ. ޝިލްޕާގެ ބައްޕައަކީ ވެސް ކެއުމަށް ވަރަށް ފޯރި ހުންނަ މީހެއް ކަމަށް އޭނާ ބުންޏެވެ.

"ބައްޕައަކީ ވަރަށް ކާހިތްވާ މީހެއް. ކާ ހިތުން ބައްޕަ ކުރިން ދާނެ ނުދަންނަ މީހުންގެ ކައިވެނި ޕާޓީތަކަށް ވެސް. ގޮސް އެތަނުން ވެސް ކައިގެން އަންނާނީ. އެ ޕާޓީ ބާއްވާ މީހުން ހީކުރީ ބައްޕައަކީ ދެން ހުރި އާއިލާގެ މީހެއްކަމަށް" ޝިލްޕާ ބުންޏެވެ.

އެ އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން ޝިލްޕާ ބުނީ، އޭނާއަށް ކުރިން ބަޓަރ ޗިކަން ވަރަށް މީރު ކަމަށެވެ. މިހާރު ވެޖިޓޭރިއަންއަކަށް ވެފައިވީ ނަމަވެސް، ބަޓަރ ޗިކަންގެ ރަހަ އަދިވެސް ހަނދާން ހުންނަ ކަމަށް ޝިލްޕާ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!