މުނިފޫހިފިލުވުން

ކަންޔޭ ހުށަހެޅި ޕެޓިޝަންގައި 600 އަށްވުރެ ގިނަ ސައްޙަނޫން ސޮއެ؟!

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ކަމަށް ވާދަ ކުރުމަށް ރިޔާސީ ކެންޑިޑޭތަކަށް ވުމަށް އެދި މަޝްހޫރު ރެޕަރ ކަންޔޭ ވެސްޓް ހުށަހެޅި ޕެޓިޝަންގައި 600 އަށްވުރެ ގިނަ ސައްޙަ ނޫން ސޮއެ ހިމެނޭކަމަށް އެމެރިކާގެ އިންތިހާބީ މަރުކަޒުން ހާމަ ކޮށްފިއެވެ.

Ads by MWSC

އެގޮތުން ކަންޔޭ ވަނީ އޮޅުވާލަން މަސައްކަތް ކޮށްފައި ކަމަށް ބުނެ އެމެރިކާ ސަރުކާރުން އޭނާއާއި ދެކޮޅަށް ދައުވާ ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ.

އިލެކްޝަންގެ ކަންކަން ބަލަހައްޓަމުން ގެންދާ އެޓާނީ ސްކޮޓް ސެލްމަން ކަންޔޭ އާއި ދެކޮޅަށް ސަރުކާރުގެ ފަރާތުން މިދައުވާ އުފުލާފައި ވަނީ އޭނާ ހުށަހެޅި ޕެޓިޝަންގައި ހިމެނޭ 1300 ސޮއެ ރަނގަޅަށް ބެލުމަށްފަހު ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އެންމެ މަދުވެގެން 800 ސޮއެ ބޭނުންވާއިރު ކަންޔޭ ވަނީ އެއަށްވުރެ ގިނަ ސޮއެ ހިމަނާ، މިދިޔަ ހޯމަ ދުވަހުގެ ކުރިން ޕެޓިޝަން ހުށަހަޅާފައެވެ.

ނަމަވެސް ސްކޮޓް ސެލްމޮން ބުނަނީ ކަންޔޭ ވަނީ އޮޅުވާލާފައި ކަމަށާއި އެޕެޓިޝަން ދައުލަތުން ބަލައިގަނެގެން ނުވާނެ ކަމަށް ވެސް ބުނެފައެވެ.

ކަންޔޭ ހިމެނި ގިނަ ސޮއެތައް އެއް ސޮއެ އަނެއް ސޮއެ އާއި ވަރަށް އެއްގޮތް ކަމަށާއި ނަން ލިޔެފައި ހުރި ގޮތް ވެސް ވަރަށް ދިމާވާކަން ސްކޮޓް ވަނީ ފާހަގަ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!