ލައިފްސްޓައިލް

ކޮބާ މާ ހަފައިފިންތަ؟ އަދި ވަގުތު ފާއިތެއްް ނުވޭ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެސް

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް މާހެފުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. މި ދުވަސްވަރަކީ ވެސް އެފަދަ އެތައް މާހެފުންތަކެއް ކުރިއަށް ގެންދާ ދުވަސްތަކެއް ކަން ސޯޝަލް މީޑިއާގެ އެކި މަންސަ ތަކަށް ބަލައިލި ކަމުގައިވީ ނަމަވެސް ފެނިގެން ދާނެއެވެ،

Ads by STELCO

ރައްޓެހިންނާއި އާއިލާ އަދި އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން އެކުގައި ވަގުތު ހޭދަކޮށް މިފަދަ ކެއުންތައް ބޭއްވުމަކީ ގުޅުން ބަދަހިވެ އެކުވެރިކަން އާލާވެގެންދާ ކެމެކެވެ. ތަފާތު އެކި ވައްތަރުގެ ކެއުންތައް އަތުރައި މާހެފުން ބޭއްވިގެން ދާއިރު، މިހާރަކަށް އައިސް މާހެފުންތައް ބާއްވަމުން އަންނަނީ ތަފާތުކޮނެވެ. އެގޮތުން ގުދުރަތީ ރީތިކަން ލިބިގެންވާ އެކި ގޮނޑުދޮށްތަކުގައި އަދި އެފަދަ ހިތްފަސޭހަ އެތައް މާހައުލެއްގައި މާހެފުންތައް ބާއްވަމުން ދެއެވެ.

އާންމުކޮށް އަޅުގަނޑުމެން މާހެފުމުގައި ބޭނުން ކުރަނީ ދިވެހި ކެއުމެވެ. އެހެން ނަމަވެސް މާހެފުމުގައި ކޮންމެެން ދިވެހި ކެއުން ބޭނުން ކުރުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އެއްކޮށް އުޅޭ ގްރޫޕެއް މާހެފުމަށް ބޭނުންވާ ވައްތަރެއްގެ ކެއުމެއް ބޭނުން ކުރުމަކީ އެބައެއްގެ އަމިއްލަ އަތް މަތީގައިވާ ކަމެކެވެ. މަޤުސަދަކީ އެންމެން އެއްކޮށް މަޖާ ވަގުތުކޮޅެއް ހޭދަކޮށް މީރު ކާއެއްޗެހި ކާލުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.

މާދަމާއަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާއިރު، މާހަފަން ބޭނުންވެފައި އަދި އެކަން ނުވެ ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. އެހެން ނަމަވެސް އަދި ވަގުތު ފާއިތެއް ނުވެއެވެ. މިއަދުގެ ހަވީރުގެ ހިތްގައިމު ވަގުތުގައި ވެސް އަދި ރޭގަނޑުގެ ވަގުތެއްގައި ވެސް މާހެފުމެއް ރާވާލަންވީއެވެ. މާހެފުމަކާ ނުލައި ރަމަޟާން މަހެއްގެ ރޯދަ ހިފުމަކީ އާންމުކޮށް ވަރަށް ނުވާ ކަމެކެވެ. އެހެންކަމުން މިހާރު ވެސް އެކަމުގެ ތައްޔާރީތައް ފަށައި، މާހެފުމެއް ރާވާލާށެވެ،

  1. މާހެފުމަކީ ކަޑައެޅިގެން ބިދުޢަ އެއް.. އެއީ ނަސާރާއިން ކޮއް އުޅޭކަމެއް..އަދި ރަސޫލަ ގެ ެ ެސުންނަތުން ެވެސް ެއަދި ެހަދީޝް ެއެއްވެސް ެއޮތްކަމެއްނޫން.. ެކިތަންމެ ބަޔަކު ކުރިއަސް ބިދުޢަ ވާނީ ބިދުޢައަށް..