ޚަބަރު

އޭދަފުށީގައި ހުރި ބިދޭސީއަކު ކޮވިޑަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބ. އޭދަފުށީގައި ހުރި ބިދޭސީއަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

މި މީހާ އަކީ މީގެ ކުރިން ކޮވިޑަށް ފައްސި ބަޔަކު ފެނުނު ސީސައިޑު ފިނޮޅުން އެރަށް އައި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި މީހާ މިވަގުތު ހުރީ ބ. އަތޮޅު ހޮސްޕިޓަލްގައި ކަމަށް އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތި ދީފައިވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.

މީގެ ކުރިން ބ، އަތޮޅުގެ ރިސޯޓެއް ކަަމަށްވާ ސީސައިޑް ފިނޮޅުން ހަތަރު މީހަކު ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

އެނގިފައިވާ ގޮތުގައި ބަންދު ކޮށްފައި އޮތް އެތަނުން ކޮވިޑަށް ފައްސިވީ އެތަނުގައި މަސައްކަތް ކުރަން އުޅުނު ހަތަރު މީހެކެވެ.

އޭގެ ތެރެއިން ފުރަތަމަ ފައްސި ވެފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން މާލެ އައި މީހެކެވެ. އޭނާ ފައްސިވީ ފަހުން ކޮންޓެކްޓް ޓްރޭސިންގ ހެދިއިރު އިތުރު ތިން މީހުން ފައްސި ވެފައިވާކަން ވަނީ ހާމަ ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!