ކޮވިޑް19: އިހަވަންދޫ އިން މީހަކު ފައްސިވެ، ރަށް މޮނިޓަރިން އަށް
- ހއ. އިހަވަންދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ "242" ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތް ކުރާ މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

ހއ. އިހަވަންދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ "242" ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތް ކުރާ މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.
އެ ބޯޓުން ފައްސިވެފައިވަނީ އެ ބޯޓުގެ ކޭޝިއަރެވެ. ފައްސިވި ކަން އެނގުމުގެ ކުރިން އޭނާ ވަނީ އެ ރަށުގެ ގިނަ ބަޔަކާ ބައްދަލުވެފައެވެ.
އިހަވަންދޫ ކައުންސިލް ރައީސް މުހައްމަދު ރަޝިދު ވިދާޅުވި ގޮތުގައި ފައްސިވިމީހާ އަލާމާތް ފެނިގެން ޓެސްޓު ކޮށްފައިވަނީ އޭނާ ރަށަށް އައިތާ ދެ ދުވަސް ފަހުންނެވެ. އަދި އެރޭ ނަތީޖާ ލިބުނުއިރު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އޭނާ ގިނަ ބަޔަކާއި ދިމާވެފައި ވުމުން ރަށް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މީހާ އަށް މިހާރު ގެންދަނީ ހޯމް އައިސޮލޭޝަން ގައި ފަރުވާ ދެމުންނެވެ.