ކޮވިޑް ފެތުރޭނީ މޫނާއި މޫނު ދިމާވުމުން ކަމަށް ވިދާޅުވުމުން އިޔާޒް ހޫނު ފެނަށް

ކޮވިޑް-19 ފެތުރެނީ މޫނާއި މޫނު ދިމާވުމުން ކަމަށް ޑރ.މުހައްމަދު އިޔާޒް ވިދާޅުވުމުން މީސް މީޑިއާގައި އިޔާޒް ހޫނުފެނަށް ވެއްޓިއްޖެއެވެ. ގިނަ ބަޔަކު އަންނަނީ އިޔާޒް އެހެން ވިދާޅުވުމުން އެކަމަށް ފާޑު ކިޔަމުންނެވެ.
ީ"ވައިރަސް ފެތުރެނީ ފޭސްޓް ފޭސް ކޮންޓެކްޓް ދިމާވެގެން ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ޓްވީޓު ކުރައްވައި އިޔާޒު ވިދާޅުވީ ނަމާދަށް ހުންނަ އިރު މޫނާއި މޫދު ދިމާނުވާނެ ކަމަށެވެ.
އިޔާޒް ގެ މި ޓްވީޓަށް ރައްދު ދެމުން ގިނަ ބަޔަކު ވަނީ އިޔާޒް ފަދަ ތައުލީމީ ބޭފުޅަކު އަސާސެއް ނެތް ވާހަކަތައް ދެއްކުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަން ފާހަގަކޮށްފައެވެ.
އަދި ކޮވިޑް19 އާ ގުޅޭ ވާހަކަތައް ފެތުރުމުގައި އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ގިނަ ބަަޔަކު އަންނަނީ ބުނަމުންނެވެ.
ކޮވިޑް19 އަކީ ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ބޭރުވާ ކުޅުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެގޮތުން ކުޅު ތިކިތައް ވައިގެ ތެރެއަށް ދިއުމާއެކު ކައިރީގައި ހުންނަ މީހާގެ ހަށިގަނޑަށް ވައިރަސް ވަނުމުން ބަލިޖެހެއެވެ. އަދި ބަލި ޖެހިފައި ހުރި މީހާ އަތް ލާފައި ހުރިތަނެއްގައި ވައިރަސް ޖެހިފައި ހުރުމުން، އެތަން ބޭނުން ކުރާ އެހެން މީހުންގެ ގަޔަށް ވައިރަސް އަރައި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.