ރޯދަ މަސް ފެށެނީ، މުޅި ސްނެޕް ޗެޓުން ދެން ފެންނާނީ މުޞައްލަ ސްނެޕް

ސްނެޕްޗެޓަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ދެވި ހިފައިފައިވާ އެއްޗެކެޗެވެ. ސްނެޕްޗެޓް ސްޓްރީކް ކުރުމަކީ ގަވައިދުން ވަރަށް ބޮޑު އަހައްމިޔަތެއްް އެކަމަށް ދީގެން މީހުން ކުރާ ކަމެކެވެ. އެގޮތުން ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލު ކޮށްފައިވާއިރު ރޯދަ މަހު ސްނެޕް ޗެޓުން މުޞައްލައިގެ ފޮޓޯ މީހުން ފޮނުވުމަކީ ވަރަށް އާންމު ކަމެކެވެ.
ނަމާދުކޮށް ނިންމާލުމަށްފަހު މުޞައްލަ މަތީގައި އިނދެ ފޯނު ނަގައި ސްނެޕް ކޮށްލަނީ ކޮން ބޭނުމެއް އޮވެގެން ކަމެއް ސާފެއް ނުވެއެވެ. އެއީ ފަހަރުގައި އަނެކާއަށް ނަމާދު ކުރުމަށް ހަނދާން ކޮށްދިނުމަށް ވެވޭ އެހީތެރިކަމަކަށް ވެސް ވެދާނެއެވެ. އަދި އެކަމަކީ ދެއްކުންތެރިކަމެއްގެ ގޮތުގައި މީހުން ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކުރެއެވެ.
ރޯދަ މަހު ސްނެޕް ޗެޓުން މުޞައްލަ ސްނެޕްް ފޮނުވާ ވާހަކަ ސަކަރާތަކަށް ހަދައި ގިނަ ބަޔަކު ދައްކައެވެ. އަދި އެފަދަ ސްނެޕް ފޮނުވާ މީހުންނާ ދިމާކޮށް ވެސް ހަދައެވެ.
ރަމަޟާން މަހަކީ އަހަރެމެންނަށް އުޅުން އިސްލާހު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. ހަމައެކަނި ނުކައި ނުބޮއެ ހުރެގެން ރޯދައިގެ ސަވާބު އަަހަރެމެންނަށް ނުލިބޭނެ ކަމީ އެންމެނަށް ވެސް އެނގޭ ކަމެކެވެ. އެހެން ކަމުން މި މައްސަރުގައި އަޅުކަމާ މަޝްއޫލްވެ އުޅެން ޖެހެއެވެ.
މި ރަމަޟާން މަހަކީ އަހަރެމެން އެންމެން ވެސް އަޅުކަމުގައި ހީވާގިވެ އެފަދަ ކަންކަމަށް އިސްކަންދޭ މަހެއްގެ ގޮތުގައި ހަދަމާ ހިނގާށެވެ.







ކޮމެންޓް