Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައު ކައުންސިލަރުން ހުވާ ކުރުން ރޯދައަށް ފަހު

އައު ކައުންސިލަރުން ހުވާ ކުރުން ރޯދައަށް ފަހު
މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވެވަޑައިގަތް ކައުންސިލް މެންބަރުން ހުވާ ކުރައްވާނީ ރަމަޟާން މަސް ނިމުމުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވިދާޅުވެއްޖެއެވެ. އޮންލައިން ނޫސް "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަޠީފު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އައު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ތާރީހެއް ފައިނަލްވެފައި ނުވާ ކަމަށެވެ. ރޯދައާއި ޢީދަށް ފަހު ހުވާކުރަން ނިންމާފައި ވަނީ ރަމަޟާން މަހަށް ފަހުގައި މަސައްކަތް ކުރުން ކައުންސިލަރުންނަށް ވެސް ފަސޭހަ ވާނެތީ ކަމަށް ވެސް އަފްޝަން ފާހަގަ ކުރެއްވިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ދެ ފަހަރެއްގެ މަތިން ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އިންތިހާބު ބޭއްވޭނެ ހާލަތެއް ނެތުމުންނެވެ. އަދި 2017 ވަނަ އަހަރު އިންތިޚާބުވެފައިވާ ކައުންސިލުތަކުގެ ދައުރު ޤާނޫނު އަސާސީ އިސްލާހުކޮށް އައު ކައުންސިލުތައް ހުވައިކުރުމާ ހަމައަށް ވަނީ ދަންމާލާފައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް އިލެކްޝަނުން ވަނީ އެކި ފަހަރުގެ މަތިން މަސައްކަތް ކޮށްފައެވެ. އެގޮތުން އާދިއްތަ ދުވަހު ހަވީރު އަދި ހޯމަ ދުވަހުގެ ރޭ ވެސް ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް ފެށުމަށް އީސީން ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެކަން ނުވީ އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަން ހުރުމުން ކަމުގައި އިލެކްޝަނުން ހާމަ ކުރިއެވެ.

ނަތީޖާ ޝީޓްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުމުން، 18 ފޮށްޓެއް އަލުން ގުނަން އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ. މީގެ އިތުރުން އެމްޑީޕީން ވަނީ ހަ ވޯޓް ފޮއްޓެއް ގުނަން ހުށައަޅާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް