Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

19 ގޮނޑިއަށް ވާދަކޮށްގެން ރައީސް މައުމޫންގެ އެމްއާރުއެމްއަށް ލިބުނީ އެންމެ ގޮނޑިއެއް!

19 ގޮނޑިއަށް ވާދަކޮށްގެން ރައީސް މައުމޫންގެ އެމްއާރުއެމްއަށް ލިބުނީ އެންމެ ގޮނޑިއެއް!

ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނީ އެންމެ ގޮނޑިއެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަތީޖާތަކުން ދައްކައިފިއެވެ.

އީސީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި އެމްއާރްއެމްގެ ޓިކެޓްގައި ހޮވުނު ހަމައެކަނި ކެނޑިޑޭޓަކީ ހދ.ނޮޅިވަރަމް ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ސްލޮޓަށް ވާދަކުރި ނިޔާޝާ ޢަލީއެވެ. އޭނާ ވަނީ 575 ވޯޓް ހޯދައިފައެވެ.

އެމްއާރުއެމްއިން ވަނީ މި އިންތިޚާބުގައި 16 ކެނޑިޑޭޓެއްގެ އެޕްލިކޭޝަން ހުށަހަޅައިފައެވެ. އެއީ ރަށު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި ދެ ކެނޑިޑޭޓަކާއި ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ޖާގައަށް ކުރިމަތިލި ދެ ކެނޑިޑޭޓަކާއި ކައުންސިލްގެ މެމްބަރުކަމަށް ހަ ކެނޑިޑޭޓަކާއި ސިޓީ ކައުންސިލްތަކަށް ކުރިމަތިލި ހަ ކެނޑިޑޭޓެކެވެ. މީގެ ތެރެއިން އެއް ކެނޑިޑޭޓަކު ވަނީ އިންތިޚާބުގެ ވޯޓް ލުމުގެ ކުރީން ނަން އަނބުރާ ގެންގޮސްފައެވެ.

Advertisement
Ooredoo — Truecaller (box)

ސަރުކާރު ހިންގާ ކޯލިޝަންގައި އޮވެ ، އެމްއާރުއެމްއިން ކައުންސިލް އިންތިޚާބުގައި ވާދަކޮށްފައި ވާތީ ރައީސް ނަޝީދު ވަނީ ރައީސް މައުމޫނަށް ފާޑު ވިދާޅުވެފައެވެ. ކައުންސިލް އިންތިޚާބުގައި މާލޭއިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ރައީސް ނަޝީދު ބޭއްވެވި ޕްރެސްގައި އެ މަނިކުފާނު ވިދާޅުވީ އެމްއާރުއެމްއިން ކުރިމަތި ލުމުން އެމްޑީޕީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި އެހެން ނަމަވެސް ރައީސް މައުމޫނަށް ވެސް ހޯއްދެވުނު މޮޅެއް ނެތް ކަމަށެވެ.

އެމްއާރުއެމްއިން އެއް ގޮނޑި ކާމިޔާބުކުރިއިރު މަޝްހޫރު ލޯޔަރު ޙަސީން އިސްކޮށް ފެންނަ ލޭބަރ ޕާޓީން ވެސް ވަނީ ކައުންސިލް އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އެ ޕާޓީން ކުރިމަތިލީ 4 ގޮނޑިއަކަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް