ޚަބަރު

ވޭމަންޑޫ ކްލަސްޓަރ:ފައްސިވީ އަދަދު 53އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ތ.ވޭމަންޑޫ ކޯވިޑް ކްލަސްޓަރއިން މިހާތަނަށް 53 މީހުން ފައްސިވެއްޖެއެވެ.

Ads by MWSC

މި ކްލަސްޓާއާ ގުޅިގެން އެ އަތޮޅުގެ ގިނަ ރަށްތަކެއް މިހާރު ވަނީ މޮނިޓަރިންއަށް ގެނެވިފައިވެއެވެ. މީގެ ތެރޭގައި ވިލުފުށި، ކިނބިދޫ،އޮމަދޫ.ގާދިއްފުށި ހިމެނެއެވެ.

ފައްސިވި މީހުންގެ ތެރެއިން 48 މީހުންނަކީ ތ.ވޭމަންޑޫން ނެގުނު ސާމްޕަލްތަކުން ފައްސިވި މީހުންނެވެ. އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށްދާއިރު، މިހާތަނަށް 338 ސާމްޕަލް ވަނީ ނަގައިފައެވެ.

މި ކްލަސްޓާއާ ގުޅިގެން އިއްޔެ ވަނީ ތ.މަޑިފުށިވެސް މޮނިޓަރިން ހާލަތަށް ގެނެވިފައެވެ. އެ ރަށް މޮނިޓަރިން ހާލަތަށް ލައިފައި ވަނީ ތ.ވޭމަންޑޫއަށް ދަތުރު ކުރި މީހަކު ފައްސިވުމާ ގުޅިގެންނެވެ.

ރާއްޖެއިން މިހާރު މިބައްޔަށް ޖުމްލަ 26،145 މީހުން ފައްސި ވެފައިވެއެވެ. މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 78 މީހުންނާއި، އަތޮޅުތަކުން 33 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 12 މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!