Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މައުމޫންގެ ރައްދު ނަޝީދަށް: އިރުއިރުކޮޅުން ވެރިކަމުގެ ނިޒާމް ބަދަލެއް ނުކުރެވޭނެ

މައުމޫންގެ ރައްދު ނަޝީދަށް: އިރުއިރުކޮޅުން ވެރިކަމުގެ ނިޒާމް ބަދަލެއް ނުކުރެވޭނެ

ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެކަމަށް ވިދާޅުވެ 30 އަހަރު ދުވަހު ވެރިކަން ކުރައްވައިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

މައުމޫން ނަޝީދަށް ރައްދު ދެއްވާފައި ވަނީ ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން ހާމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރޭ ފޮނުއްވި މެސެޖާ ގުޅިގެންނެވެ. މި ގޮތުން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

https://twitter.com/maumoonagayoom/status/1384047806227259394?s=21

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ކަހަލަ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، އޯގަސްޓް 18، 2007 ގައި ނެގި ވޯޓުގެ 62 ޕަސެންޓުން ނިންމީ ރިޔާސީ ނިޒާމެއް ކަމަށް ފާހަގަ ކޮށްލެވެއެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. އެއަށް ފަހު 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނުގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. 2008 ވަނަ އަހަރު ރައްޔިތުން ރައީސް ކަމަށް އިންތިޚާބު ކުރީ ރައީސް ނަޝީދެވެ.

ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިޙާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް