Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިގެންފި

ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިގެންފި

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބަލައިގެންފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ފަސް ގާޒީންގެ އިއްތިފާގުން ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރެއްވީ ނޮވެމްބަރު 28، 2019 ގައެވެ. އަދި އެ ހުކުމް ހައި ކޯޓުން ދަމަހައްޓައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ. ސުޕްރީމް ކޯޓުން އިސްތިއުނާފު ބަލައިގެން ނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނާ މައްސަލައިގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް