ޚަބަރު

މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ އެއްވެސް މެމްބަރަކު ނޫޅޭނެ: އާޒިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޖިލިސް ރައީސްކަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރައްވަން ވެރިކަން ކުރާ އެމްޑީޕީގެ އެއްވެސް މެމްބަރަކު މަސައްކަތް ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މެމްބަރު އާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ މަޖިލިސް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވެމުންދާ ކަމުގެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ.

މިކަމާ ގުޅޭ ގޮތުން އޮންލައިން ނޫސް "ސަން" އިން ރޭގައި ސުވާލު ކުރުމުން، އާޒިމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރެއް އެކަން ނުކުރައްވާނެ ކަމަށެވެ.

"ނުކުރާނެ، ނުކުރާނެ. އެންމެ މެމްބަރެއް ވެސް އެކަމެއް ނުކުރާނެ.،" އާޒިމް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މެމްބަރު އާޒިމް ވިދާޅުވީ އެއީ ދޮގުކަމެއް ތެދު ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އެއީ އެމްޑީޕީ އެއްވެސް މެމްބަރަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

Ads by Allied Insurance
  1. ާއަމާޒް

    މެމްބަރުންނައް އިތުބާރުކުރަން ހެޔޮވެސްނުވާނެ