ޚަބަރު

މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ ރޭޕް ކުރަން އުޅުނު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

Ads by MWSC

މިކަމާ ގުޅިގެން މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ.

އެމީހުން ހައްޔަރު ކުރެވުނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދެމީހުންގެ ބަންދުގެ މުއްދަތެއްގެ ގޮތުގައި ކޯޓުން ޖެހި 7 ދުވަހުގެ މުއްދަތު ހަމަވުމާއެކު ކޯޓުން މިއަދު އަނެއްކާ ވެސް ވަނީ 10 ދުވަހަށް ބަންދުގެ މުއްދަތު އިތުރު ކޮށްދީފައެވެ.

މި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ވީޑިއޯއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.ވީޑިއޯއިން ފެންނަނީ މާފަންނު ލެމަން ގްރާސް ކައިރިން އަންހެން ކުއްޖާ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ފިރިހެނަކު ދާ މަންޒަރެވެ. އަދި ފަހަތުން އިތުރު ފިރިހެނަކު ހިނގާފައި ދިޔައިރު، މަގުމަތީގައި އެވަގުތު ބަޔަކު ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

  1. ވަރީހިނގުން

    ފޮޓަލަށް ބަލާލުމާއި އެކު އެއީ ކޮންކަހަލަ ބައެއްކަން އެބަ ސިފަވޭ އިތުރު ވާހަކައެއް ބޭނުމެއް ނުވޭ

  2. ކަމަނަ

    ކިޔަވަދެން ދަރިން ގޮވައިގެން މާލެ ގޮސް ދަރިން މާލެ މަގުމަތިން ކިޔަވައިދެނީ…

  3. ޙުކުމް

    މަރުގެއަދަބު ބޭނުންވޭ