Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

ފައިސާ އާއި އަގުބޮޑު ލެޕްޓޮޕްތަކެއްގެ ތެރެއިން ވަގަށް ނެގީ ވެކްސިންތަކެއް، ރައްދުކުރީ "ސޮރީ" ނޯޓަކާއެކު!

ފައިސާ އާއި އަގުބޮޑު ލެޕްޓޮޕްތަކެއްގެ ތެރެއިން ވަގަށް ނެގީ ވެކްސިންތަކެއް، ރައްދުކުރީ "ސޮރީ" ނޯޓަކާއެކު!

ޖިންދް، ހަރިޔާނާ: ޖިންދް ސިވިލް ހޮސްޕިޓަލުން ރޭގައި މީހަކު ވަގަށް ނެގި ގިނަ އަދަދެއްގެ ވެކްސިން ތަކެއް، އަނބުރާ ރައްދުކޮށްދީފިއެވެ.

އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި އެ މީހާ ވަނީ 1710 ވެކްސިން އަނބުރާ ރައްދުކޮށްފައެވެ. އޭގައި ހިމެނެނީ 1270 ކޮވިޝީލްޑް ވެކްސިނާއި 440 ކޮވެކްސިނެވެ.

އެ ވެކްސިންތައް ފުލުހުންނަށް، އަނބުރާ ރައްދު ކޮށްފައިވަނީ އަތުން ލިޔެފައިވާ ނޯޓަކާ ވެސް އެކުގައެވެ. އެ ނޯޓުގައި އޭނާ ލިޔެފައި ވަނީ "ސޮރީ، މީގައި ހުރީ ކޮރޯނާ ވައިރަހަށް ހުރި ވެކްސިންކަމެއް ނެގި އިރަކު ނޭނގޭ" ކަމަށެވެ.

Advertisement
Ooredoo — Square (box)

މި ވެކްސިންތައް އެމީހާ ވަގަށް ނަގައިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ނަމަވެސް އެ ހޮސްޕިޓަލުން މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޖިންދް ޕޮލިސް ސްޓޭޝަންގެ ޑީސީޕީ ޖީތެންދްރަ ޚާތުކަޅް ބުނީ، މިއަދު މެންދުރުގެ ވަގުތެއްގައި، ފުލުހުންގެ ސައި ކޮޓަރިއަށް މީހަކު ކޮތަޅެއް ހަވާލު ކުރި ކަމަށާއި، އޭގައި ވަނީ ފުލުހުންނަށް ހުރި ކާނާ ކަމަށް ބުނެ އެ ކޮތަޅު ބަހައްޓާފައި ދިޔަ ކަމަށެވެ. އެއީ ކާކު ކަމެއް އަދި އެނގިފައި ނުވާ ކަމަށް ވެސް ޖީތެންދްރަ ބުންޏެވެ. ނަމަވެސް ކޮތަޅުގެ އެތެރެ ހުޅުވާފައި ބަލާލުމުން އޭގައި ވެކްސިންތަކަކާއެކު ނޯޓެއް އޮތް ކަން އެނގުނު ކަމަށް ވެސް ބުނެފައިވެއެވެ.

<img class="alignnone wp-image-81985 size-full" src="https://cdn.dhen.mv/wp-content/uploads/2021/04/sorry-by-thief.jpg" alt="" width="996" height="562" />

އެ ހޮސްޕިޓަލުގެ އޮފިޝަލަކު "ޓްރައިބިއުން" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ވެކްސިންތައް ވަގަށް ނެގި ސްޓޯރޫމް ތެރޭގައި އަގުބޮޑު ލެޕްޓޮޕްތަކަކާއި 50،000 ރުފީސް ވެސް ވަތްގަނޑުގައި ހުންނާނެ ކަމަށެވެ. ނަމަވެސް ވައްކަންކުރި މީހާ އެތަކެތި ނުނަގާ، ހަމައެކަނި ހިފައިގެން ދިޔައީ ވެކްސިންތައް ކަމަށް ވެސް އެ އޮފިޝަލް މައުލޫމާތު ދީފައިވެއެވެ.

މި ވައްކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި ވައްކަން ކުރި މީހާ، އިންޑިއާގައި މިހާރު އޮތް ކޮވިޑްގެ ނުރައްކާތެރ ހާލަތަށް ވިސްނައި، ވަގަށް ނެގި ވެކްސިންކޮޅު އަނބުރާ ރައްދުކުރީތީ ގިނަ ބަޔަކު އަންނަނީ އެމީހާއަށް ތައުރީފު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް