ޚަބަރު

"އެ މީހުން އުޅުނީ އަހަރެން ރޭޕް ކުރާކަށް ނޫން، ބަޔާނެއް ވެސް ނުދެން!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ ގެއެއްގެ ގޯޅިގަނޑެއްގެ ތެރެއަށް ގަދަކަމުން ވައްދާ، ދެ ފިރިހެނަކު ވެގެން އަންހެނަކު ރޭޕް ކުރަން އުޅުނު ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ އެ އަންހެން މީހާ ދޮގުކޮށްފިއެވެ.

Ads by Sosun Fihaara

ދެ ފިރިހެނަކު ވެގެން އަންހެން މީހާ އުފުލާލައިގެން ގަދަކަމުން ގޯޅިގަނޑެއްގެ ތެރެއަށް ވައްދަނީ ކަމަށް ބުނެ އިއްޔެ މީސް މީޑިއާގައި ވަނީ ވީޑިއޯއެއް ދައުރު ވެފައެވެ. ވީޑިއޯގައި ހިމެނޭ ދެ ފިރިހެނުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ދެ މީހުންނަކީ އަންހެނަކު ރަހީނު ކުރުމަށާއި ރޭޕް ކުރަން އުޅުނު ބައެއް ކަމުގައި ބުނެ، މީސްމީޑިއާގައި އެތައް ބަޔަކު ގޮވަމުން ދަނީ އެމީހުންނަށް ޙައްޤު އަދަބު ދިނުމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅޭގޮތުން މިއަދު ވަނީ އެހެން ވީޑިއޯއެއް ވެސް އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ރޭޕް ކުރަން އުޅުނު އަންހެން މީހާއާ ބަޔަކު ސުވާލު ކުރަމުންދާ މަންޒަރެވެ. ވަރަށް ހަމަޖެހިލައިގެން ސިނގިރޭޓު ބޯން އިނދެ އެ ވާހަކަތައް ކިޔައި ދެމުން އެ އަންހެން ކުއްޖާ ބުނީ އެ މީހުން އޭނާ ރޭޕް ނުކުރާ ކަމަށާއި އެގޮތަށް ބުނެ އޭނަ ބަޔާން ވެސް ނުދޭ ކަމަށެވެ.

ލެމަންގްރާސް ކައިރިއަށް، މާއިން ނަމަކަށް ކިޔާ އެ އަންހެން މީހާ ދިޔައީ އެހެން އަންހެން ކުއްޖަކާ ބައްދަލުކޮށް، އޭނައާއެކީ ތަނަކަށް ދާން ކަމަށް "ދެން"އަށް ވަނީ އެނގިފައެވެ. އެ އަންހެން ކުއްޖާއާ މާއިން ދައްކާފައިވާ ވާހަކަތަކުގެ ސްކްރީންޝޮޓްތަކެއް "ދެން" އަށް ލިބިފައިވާއިރު، އެމީހުން އެރޭ ބައްދަލު ކުރަން ރޭވި ކަމާއި، ޓޭކްސީ އަކަށް އަރައިގެން މާއިން އެތަނަށް ދިޔައީ އަނެއް އަންހެން ކުއްޖާއާއެކު ކޮފީއަކަށް ދާން ކަމަށް ވެސް ވަނީ އެނގިފައެވެ. މާއިން އެގެއަށް ގެންދިޔައީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއް ހައްލު ނުކޮށް "ފިލައިގެން" އުޅޭތީ ރީތިކޮށް ވާހަކަ ދައްކަން ކަމަށާއި ނަމަވެސް ހިފެހެއްޓީ އޭނާ އެތަނުގައި މަޑު ނުކޮށް ދާން އުޅުމުން ކަމަށް ވެސް ބުންޏެވެ.

މާއިން އާއި އޭނާގެ ލޯބިވެރިޔާ ވަރަށް ގާތުން ދަންނަ މީހަކު "ދެން" އަށް މައުލޫމާތު ދެމުން ބުނީ، ނަފްސާނީ ގޮތުން އަސަރު ކޮށްފައި ހުރުމުގެ ސަބަބުން އިއްޔެ ބަޔާން ނުދެވުނު ކަމަށް ބުނި މާއިން، ރޭގައި އެހުރިހާ ވާހަކަތަކެއް ކިޔައިދިން އިރު އިނީ ވަރަށް ހަމަޖެހިލައިގެން ކަމަށެވެ. އަދި ހައްޔަރު ކޮށްފައި ތިބި ދެ މީހުން "ބޭނެން އޮތް އެންމެ ބޮޑަކަށް ބާނުވާލާނަން" ކަމަށް މާއިން ބުނި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯގައި ވެސް މާއިން ބުނެފައި ވަނީ ކޮންމެ ވެސް އެހެން ކުއްޖަކަށް ކޮށްފައިވާ މެސެޖެއް "ވިޝަންޓޭއަށް ނުބައިކޮށް ގެޓްވީ" ކަމަށެވެ. އޭނާއާ ވާހަކަ ދެއްކި މީހުން، "އެކަމަކު ރޭޕް ކުރާކަށް ނޫނެއް ނޫންހޭ އުޅުނީ" ބުނުމުން މާއިން ބުނީ "އާނ ރޭޕް ކުރާކަށް ނޫން އުޅުނީ، އަހަރެން އަދިވެސް ނުދެމެއްނު ބަޔާނެއް" މިހެންނެވެ.

"ދެން" އަށް މައުލޫމާތު ދިން މީހާ ބުނީ މާއިންގެ އުމުރުން މިހާރު ވާނީ 19 އަހަރު ކަމަށާއި ކައިވެނިން ބޭރުން އޭނާއަށް ދެ ދަރިން ވެސް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އަލީ ރާޝިދުގެ ދަރިއެއް ކަމަށާއި އެކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށް ކުރިން ޤަބޫލު ނުކުރެވިގެން ޑީއެންއޭ ޓެސްޓު ހެދި ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ. އެ ކުޑަ ކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށަށް ނަގައިފައި ކަމަށް ވެސް ބުންޏެވެ. އެކުއްޖާ ވިހެއިތާ ކައިރީގައި، އެ ކުއްޖާ ބޭނުންވާ މީހަކު ހުރިއްޔާ މެސެޖު ކުރުމަށާއި ހިލޭ އެކުއްޖާ ދޭނެ ކަމަށް ވެސް ބުނެ މާއިން މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއް ވެސް "ދެން" އަށް ވަނީ ލިބިފައެވެ.

މި މައްސަލައިގައި އަލީ ގެ އިތުރުން ހައްޔަރު ކޮށްފައި ވަނީ އާދަމް ވިޝާން ނަކަމަށް ކިޔާ މީހެކެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އަލީގެ އާއިލާއިން މީހަކު "ދެން" އަށް މައުލޫމާތު ދެމުން ބުނީ، އެ އާއިލާ ކިބައިން މާއިން 15،000 ރުފިޔާއަށް ޑިމާންޑް ކޮށްފައިވާ ކަމަށާއި، އެއީ އޭނާ ފުލުހުންނަށް ތެދު މައުލޫމާތު ދޭނެ އުޖޫރަކަމަށް ވެސް ބުނި ކަމަށެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި މާއިން ރޭޕް ކުރަން ނޫޅޭ ކަމަށް އޭނާ ރޭ ބުނެފައި ވަނީ ވެސް އަލީ ގެ އާއިލާގެ ގާތުގައެވެ. ފުލުހުންނަށް ތެދު މައުލޫމާތު ދޭނީ ފައިސާ ދިނުމުން ކަމަށް މާއިން ރޭ ވެސް ބުނި ކަމަށާއި ނަމަވެސް އޭރު ވީޑީއޯ ރިކޯޑް ނުކުރެވޭ ކަމަށް އެ އާއިލާއިން ބުންޏެވެ. އެމީހުން މާއިންއާ ބައްދަލު ކުރީ، ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރެވޭތޯ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

Ads by HDC
  1. ހިނދުކޮޅު އަންނަ ގްރޫޕް ދޯ އެހެންވެ ސައިކަލް ކައިރީގައި ބަލަން ތިބި މީހުންވެސް އަޅާ ނުލީ . ޢެމީ ހުންގެ ވައްތަރުގަނޑު އެގޭތީ. އަބަދު އުޅޭގޮތް ވީމަ މީހަކު ވެސް އަޅައެއް ނުލާނެތާ.

  2. މަރި

    ރމލނ މހގ ރދވސ ހފ ބައެއް ނުން ދ

  3. ރީސްތްރި

    އެމީހުުން ބިރުދެއްކީ ތޯއްޗެ

    • ާއަލީ

      ތިއާލާތުން އުޅޭވަށްތަރުތީ މުޅިގައުމަށްހުތުރު

  4. ވަހީދު

    މިކަހަލަ މީހުން ޖަހާ ސަކަރާތުގެ ތެރެއަށް މަށެއް ނުވަންނާން. މަގުމަތީގައި ތިބެގެން ރާބުޔަސް ޒިނޭ ކުރިޔަސް އަޅައެއް ނުލާނަން

  5. ސަރާފާ

    މީ މައްސަލައަކީ ދަރިން ވިހަވިހާފަ ޖެންޑަރ އިން ނަގަނީ މިކަހަލަ މީހުންގެ ދަރިން. މިކަހަލަ އަންހެނުން އަނެެއްކާވެސް މިއުޅުނީ މުޖުތަމައު ތެރޭގަ ވަރަށް ހަމަޖެހިލާފަ ދަރިން ވިހެއުމުގަ. ދެން ނެތެއްނު ނިމުމެއް މިކަމަށް

    • ދެން ޓެކްސް ޕޭޔަރުން ގެ ފައިސާއިން މިކުދިން ބަލަން މި ޖެހެނީ. ޙަމަ ޖެހިލާފަ ބިސް އަޅަމުން ދުވަން ވީ.

    • ދަރިން

      ދަރިން ވިހަ ވިހާފައޭ ބުނާއިރު ހީވަނީ އެއީ އަންހެނަކު އެކަނި ކުރާ ކަމެއްހެން. ކޮބާ ފިރިހެނުންގެ ދައުރާއި ޒިންމާ؟ އެމީހުން ދަރިން ބަލަން ތިބޭ ނަމަ އެކުދިން ޖެންޑަރ އަށް ފޮނުވާކަށްވެސް ނުޖެހޭނެ. ކުށްވެރިވަނީ ދިވެހި ޒުވާނުން ތިހާ ހިސާބަަށް ދާއިރު އެމީހުންނަށް ދެވަނަ ގޮތެއް މިގައުމަށް ނުދެއްކޭކަން