Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާފުށީގައި ވެސް ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެނީ، މިއަދު އެކަނި 25 މީހަކު ފައްސިވެއްޖެ

ކ.މާފުށިން މިއަދު 25 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. މިއާއެކު އެރަށުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 57 އަށް މި ވަނީ އަރައިފައެވެ.

މާފުށިން ކޮވިޑް-19އަށް ފުރަތަމަ ފައްސިވީ އެ ރަށު ފުލޫ ކުލިނިކަށް ދެއްކި މީހެކެވެ. މިދިޔަ އަންގާރަ ދުވަހު އެ މީހާ ކޮވިޑަށް ފައްސިވުމާއެކު އެރަށަށް އަރާާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

މާފުށިން ކޮވިޑް-19 ޖެހުނު މީހުންގެ ތަފާސް ހިސާބަށް ބަލާލާއިރު، އެ ރަށުން މިބައްޔަށް ފައްސިވެފައި ވަނީ އަންގާރަ ދުވަހު ފައްސިވި އެކަކާއި، ބުދަ ދުވަހު ފައްސިވި 13 މީހަކާއި، ބުރާސްފަތި ދުވަހު ފައްސިވި 18 މީހެއްގެ އިތުރުން، މިއަދު މިހާތަނަށް ފައްސިވި 25 މީހެކެވެ.

Advertisement
Allied Insurance — Square (box)

މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށެކެވެ. ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ މިރަށުން ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއެކު، އެރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތައް ވަނީ ހުއްޓިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް