Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޭދަފުށި ކްލަސްޓާ: އިތުރު 11 މީހަކު ފައްސި ވެއްޖެ

އޭދަފުށި ކްލަސްޓާ: އިތުރު 11 މީހަކު ފައްސި ވެއްޖެ

ބ. އޭދަފުށިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ 11 މީހުންނާއެކު މިހާތަނަށް ޖުމްލަ 48 މީހުން ވަނީ ފައްސިވެފައެވެ.

އެރަށުން މިހައިތަނަށް 469 ސާމްޕަލްއެއް ވަނީ ނަގައިފައެވެ. މީގެ ތެރެއިން 421 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ބަލި ޖެހުނު 50 އަހަރުން މަތީގެ އަންހެނަކަށް ރީޖަނަލް ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.

Advertisement
Allied — Dhen Online (box)

އެ ރަށުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއާއެކު އެމީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް އެއަތޮޅު ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ.

އޭދަފުށިން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އޭދަފުށީގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް