Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަތިވެރީގައި ކޮވިޑް-19 ފެތުރުނީ އިންޑިއާ މީހެއްގެ ސަބަބުން، ހާލަތު ވަރަށް ގޯސް!

މަތިވެރީގައި ކޮވިޑް-19 ފެތުރުނީ އިންޑިއާ މީހެއްގެ ސަބަބުން، ހާލަތު ވަރަށް ގޯސް!

އއ. މަތިވެރީގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ވަނީ އިންޑިއާއިން އެރަށަށް ދިޔަ ފަތުރުވެރިއެއްގެ ސަބަބުން ކަމަށް އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ތުހުމަތު ކުރައްވައިފިއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އިސްމާއިލް އާތިފް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ބައްޔަށް ފައްސިވެފައިވަނީ އިންޑިއާގެ ފަތުރުވެރިއެއް ކަމަށެވެ. އަދި ފައްސިވި މީހާގެ ނަތީޖާ ލިބުނުއިރު އޭނާ ރަށުން ފުރައިގެން ގޮސްފި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މި ފަތުރުވެރިޔާ އާ ކޮންޓެކްޓް ވިއިންޑިއާގެ 4 ރައްޔިތުންނާއި، އޭނާ ހުރި ގެސްޓްހައުސްގައި މަސައްކަތް ކުރާ މީހަކުވެސް ބައްޔަށް ފައްސިވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އާތިފް އިތުރަށް ވިދާޅުވީ، އިންޑިއާ މީހާގެ ކްލަސްޓަރގެ އިތުރުން، ބޮޑުފުޅުދޫ އަށް ދިޔަ މީހަކު ޕޮޒިޓިވްވެ އުފެދުނު ކްލަސްޓާއެއް ވެސް މަތިވެރީގައި އުޅެއެވެ.

Advertisement
Allied Insurance — Square (box)

މިހާތަނަށް މަތިވެރިން ޖުމްލަ 83 މީހަކު ފައްސިވެފައިވާއިރު، މިއަދަދު 100 އިން މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ކޮވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާ ހުކުރު ނަމާދަށް ދިޔަ ކަމަށާއި އެތަނުން ގިނަ ބަޔަކާ ކޮންޓެކްޓްވެފައި ހުރުން އެކަށީގެންވާ ކަމަށެވެ.

އިންޑިއާގައި މިހާރު ކޮވިޑް-19 ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. މިގޮތުން އިއްޔެއާއި މިއަދު އިންޑިއާއިންވަނީ ރިކޯޑް މިންވަރަކަށް މީހުން ފައްސިވެފައެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ކޮވިޑް-19ގެ އާވޭރިއަންޓެއްގެ ސަބަބުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް