Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19: މަތިވެރިން އިތުރު 21 މީހަކު ފައްސިވެ ޖުމްލަ އަދަދު 118އަށް އަރައިފި

ކޮވިޑް-19: މަތިވެރިން އިތުރު 21 މީހަކު ފައްސިވެ ޖުމްލަ އަދަދު 118އަށް އަރައިފި

އއ. މަތިވެރީގައި ކޮވިޑް-19އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 118އަށް އަރައިފިއެވެ.

އެރަށު ސިއްޙީ މަރުކަޒުން އެންމެ ފަހުން ނެރުނު ތަފާސް ހިސާބު ތަކުން ދައްކައި ގޮތުގައި، އިތުރު 21 މީހަކު މި ބައްޔަށް މިއަދުގެ މިހައިތަނަށް ފައްސި ވެފައިވެއެވެ.

މީގެއިތުރުން 14 ފަރާތެއްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށާއި މިހާތަނަށް ސާމްޕަލް ނެގި 248 ފަރާތެއްގެ ތެރެއިން 117 ފަރާތެއްގެ ނަތީޖާ ވަނީ ނައްސި ވެފައިކަމަށް ވެސް އެ މަރުކަޒުން މައުލޫމާތު ދެއެވެ.

Advertisement
Ooredoo — Square (box)

އއ. މަތިވެރީގައި ކޮވިޑް-19 ފެތުރެން ފަށައިފައި ވަނީ ވަނީ އިންޑިއާއިން އެ ރަށަށް ދިޔަ ފަތުރުވެރިއެއްގެ ސަބަބުން ކަމަށް އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވަނީ ތުހުމަތު ކުރައްވައިފައެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ބައްޔަށް ފައްސިވެފައި ވަނީ އިންޑިއާގެ ފަތުރުވެރިއެއް ކަމަށާއި އެ މީހާގެ ނަތީޖާ ލިބުނުއިރު އޭނާ ރަށުން ފުރައިގެން ގޮސްފި ކަމަށެވެ.

އެ ފަތުރުވެރިޔާއާ ކޮންޓެކްޓް ވި އިންޑިއާގެ 4 ރައްޔިތުންނާއި، އޭނާ ހުރި ގެސްޓްހައުސްގައި މަސައްކަތް ކުރާ މީހަކުވެސް ބައްޔަށް ފައްސިވެފައިވާ ކަމަށް އާތިފު ވިދާޅުވެފައިވެއެވެ.

އިންޑިއާ މީހާގެ ކްލަސްޓަރގެ އިތުރުން، ބޮޑުފުޅުދުއަށް ދިޔަ މީހަކު ޕޮޒިޓިވްވެ އުފެދުނު ކްލަސްޓާއެއް ވެސް އެ ރަށުގައި އެބައުޅޭ ކަމަށް އާތިފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް