Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަރުވެފައި އޮއްވާ ފެނިފައި ވަނީ ކަރަންޓީނުގައި ހުރި އިންޑިއާ މީހެއް: ފުލުހުން

މަރުވެފައި އޮއްވާ ފެނިފައި ވަނީ ކަރަންޓީނުގައި ހުރި އިންޑިއާ މީހެއް: ފުލުހުން

ކ. ދިއްފުށީ ގޮނޑުދޮށުން މަރުވެފައި އޮއްވާ މިއަދު ފެނިފައި ވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުން ދިޔަ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ދިއްފުށީގައި ހިންގައި އައިސްޕްލާންޓާ ދިމާލު ގޮނޑުދޮށުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު ފަހު 1:15 ހާއިރު ދިއްފުށި ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ދިއްފުށީ ގޮނޑުދޮށުން މަރުވެފައި އޮއްވާ ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ އެ މީހާއަކީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ރަށުގެ ގެސްޓް ހައުސްއެއްގައި ކަރަންޓީން ފުރިހަމަ ކުރަމުން ދިޔަ މީހެއް ކަަމަށާއި އޭނާގެ ދިހަ ދުވަހުގެ ކަރަންޓީން ހަމަ ވާނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް