ޚަބަރު

އޭދަފުށިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 71 އަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބ.އޭދަފުށިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. މިއާއެކު އެރަށުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 71އަށް ވަނީ އަރާފައެވެ.

Ads by STELCO

ބ.އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާލާއިރު، އެރަށުން މިހާތަނަށް 609 ސާންޕަލެއް ވަނީ ނަގައިފައެވެ. އަދި މީގެ ތެެރެއިން 71 މީހަކު ފައްސިވެފައިވާ އިރު. 50 ސާންޕަލެއްގެ ނަތީޖާ އަދިވެސް ވަނީ ނުލިބިއެވެ. މީގެ އިތުރުން އެރަށުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ކޮވިޑް ސެންޓަރުގައި އެއްވެސް މީހަކަށް ފަރުވާދެމުން ނުގެންދެއެވެ.

އެ ރަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އެ ރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!