Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާފުށިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 99 އަށް

ކ. އަތޮޅު މާފުށިން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 99އަށް އަރައިފިއެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުުން މިއަދު އިތުރު 12 އާ ވޭދަނައެއް ވަނީ ފެނިފައެވެ.

މާފުށިން ކޮވިޑް-19އަށް ފުރަތަމަ ފައްސިވީ އެ ރަށު ފުލޫ ކުލިނިކަށް ދެއްކި މީހެކެވެ. މިދިޔަ އަންގާރަ ދުވަހު އެ މީހާ ކޮވިޑަށް ފައްސިވުމާއެކު އެރަށަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މާފުށިން ކޮވިޑް-19 ޖެހުނު މީހުންގެ ތަފާސް ހިސާބަށް ބަލާލާއިރު، އެ ރަށުން މިބައްޔަށް ފައްސިވެފައި ވަނީ އަންގާރަ ދުވަހު ފައްސިވި އެކަކާއި، ބުދަ ދުވަހު ފައްސިވި 13 މީހަކާއި، ބުރާސްފަތި ދުވަހު ފައްސިވި 18 މީހެއްގެ އިތުރުން، މިއަދު މިހާތަނަށް ފައްސިވި 25 މީހެކެވެ.

މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށެކެވެ. ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ މިރަށުން ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއެކު، އެރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތައް މިހާރު ވަނީ ހުއްޓިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް