ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ފައްސިވެފައި ވަނީ ފުރަތަމަ ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވި ފަރާތެއް ކަމަަށެވެ.
“އޭޕްރީލް 2021 ވަނަ ދުވަހު ނެގި ،ހޯމްކަރަންޓީން ރިލީޒް 2 ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެފައިވުމުން، ކޮންޓެކްޓް ޓްރޭސިންގައި ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވި ފަރާތްތަކުގެ ތެރެއިން 26 އޭޕްރިލް 2021ގައި ނެގި ސާމްޕަލެއް ވަނީ ކޮވިޑް-19އަށް ފައްސިވެފައި “ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
މިކަމާ ގުޅިގެން މިހާރު ދަނީ ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
އެ ހޮސްޕިޓަލުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.
މާލެ ފިޔަވައި ރާއްޖެތެރޭގެ ގިނަ ރަށްރަށުގައި ވެސް ކޮވިޑް-19 ބަލިމަޑުކަން ވަނީ ފެތުރިފައެވެ. އެ ގޮތުން މިހާރު މޮނިޓަރިން ހާލަތަށް ލެވިފައިވާ ރަށްރަށުގެ ތެރޭގައި އއ.މަތިވެރި، ލ.ގަން، ކ.ހިންމަފުށި، ބ.އޭދަފުށި، ހިމެނެއެވެ.

ކޮމެންޓް