Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާފުށީގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް!

މާފުށީގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް!

ކ އަތޮޅު މާފުށީގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޓަކައި އެރަށުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މާފުށި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެރަށުގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މިއަދުގެ 6:00 ގެ ފަހުން ކުރިއަށް އޮތް ދެ ހަފްތާއަށް ހަތް ފިޔަވަޅެއް އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން، ހޮޓާ، ކެފޭ، ރެސްޓޯރަންޓު އަދި ގާޑިޔާތައް ޓޭކްއަވޭގެ ހިދުމަތަށް ބަދަލު ކުރަން ނިންމުން ހިމެނެއެވެ. ނަމަވެސް ފަތުރުވެރިން ތިބި ގެސްޓްހައުސްއެއް ނަމަ އެތަނުގެ ރެސްޓޯރަންޓުން އެމީހުންނަށް ހިދުމަތް ދިނުމަށް އެއްވެސް ހުރަހެއް ނެތެވެ.

މީގެ އިތުރުން ފިހާރަތައް ޑެލިވަރީގެ ޚިދުމަތަށް ބަދަލުކޮށް، އެކްސްކާޝަން ދަތުރުތަކާއި ވޯޓަ ސްޕޯޓްސް އަދި ޑައިވިން ދަތުރުތަކުގެ އިތުރުން މަސް ދަތުރުތައް ދިއުން ހުއްޓާލުމަށް ވެސް ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

Advertisement
Allied Insurance — Square (box)

މާފުށީގައި ހުރި ފިނި މައިޒާންތައް ބަންދު ކުރުމަށް އެ ބަޔާނުގައި ގޮވައިލައިފައި ވާއިރު، މިސްކިތަށް ދާ މީހުން ގެއިން ވުޟޫކޮށް މުޞައްލަ ހިފައިގެން ދިއުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވައިލައިފައެވެ.

ހަމައެއާއެކު ވަޒީފާތަކަށާއި އެކިއެކި ހިދުމަތްތަކަށްދާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް މީހެއް ގެއިން ބޭރަށް ނުދިއުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

ކ. މާފުށިން ކޮވިޑް-19 އަށް އިއްޔެ ފައްސިވި 12 މީހުންނާއެކު އެ ރަށުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 99 އަށް އަރައިފައެވެ.

މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށެކެވެ. ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ މިރަށުން ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމުގެ ސަބަބުން އެރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތައް މިހާރު ވަނީ ހުއްޓިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް