ޚަބަރު

ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބެވޭ މިސްކިތްތައް އާންމުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރޭ ފަތިސް ނަމާދަށް ޖަލާލުއްދީން މިސްކިތަށް މީހުން އަރަނީ

މި ހިނގާ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ގައި މާލެ ސިޓީގައި ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބެވޭ މިސްކިތްތައް އާންމުކޮށްފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަޙައްދު (މާލެ، ވިލިމާލެ އަދި ހުޅުމާލެ)ގެ ޖުމްލަ ޖުމްލަ 23 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖައްސާފައިވެއެވެ. އެއީ:

  • އިސްލާމީ މަރުކަޒު (މާލެ)
  • މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދިﷲ (މާލެ)
  • މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (މާލެ)
  • މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލް (މާލެ)
  • މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން (މާލެ)
  • މަސްޖިދު ސަލާހުއްދީން (މާލެ)
  • މަސްޖިދު ފުރުގާން (މާލެ)
  • މަސްޖިދު ޖަލާލުއްދީން (މާލެ)
  • މަސްޖިދުއްނޫރު (މާލެ)
  • އިބްރާހީމީ މިސްކިތް (މާލެ)
  • މަސްޖިދުއް ޝަހީދު އަލީ (މާލެ)
  • މަސްޖިދު އިސްކަންދަރު (މާލެ)
  • ފަނޑިޔާރު މިސްކިތް (މާލެ)
  • މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން (މާލެ)
  • މަސްޖިދުއްސުލްތާން މުހައްމަދު ޖަމީލު ދީދީ (މާލެ)
  • މަސްޖިދުއްސަލާމް (ވިލިމާލެ)
  • މަސްޖިދުލް އިހުލާސް (ވިލިމާލެ)
  • މަސްޖިދުލް ބިއްރީ (ވިލިމާލެ)
  • މަސްޖިދު ޝައިހް ގާސިމް ބިން އާލްޡާނީ (ހުޅުމާލެ)
  • މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ)
  • މަސްޖިދު އުމަރު ބިން ހައްތާބު (ހުޅުމާލެ)
  • މަސްޖިދުލް ވާލިދައިން (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް، ނޭބާރހޫޑު 3 (ހުޅުމާލެ)

މާލެ ސަރަޙައްދުގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ މިސްކިތްތައް ވެސް އެ މިނިސްޓްރީން ވަނީ އިއުލާނު ކުރައްވައިފައެވެ. އެއީ:

  • އިސްލާމީ މަރުކަޒު (މާލެ)
  • މަސްޖިދުއް ސުލްތާން މުހައްމަދު ބިން އަބްދިﷲ (މާލެ)
  • މަސްޖިދު ފުރްގާން (މާލެ)
  • މަސްޖިދު ޖަލާލުއްދީން (މާލެ)
  • މަސްޖިދުއް ޝަހީދު އަލީ (މާލެ)
  • މަސްޖިދުލްއިހްލާސް (ވިލިމާލެ)
  • މަސްޖިދު ޝައިހް ގާސިމް ބިން އާލްޡާނީ (ހުޅުމާލެ)
  • މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ)

ރަމަޟާން މަހުގެ 20 ވަނަ ދުވަހަކީ އަންނަ މެއި މަހުގެ 2 ވަނަ ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!