Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

މޯދީގެ ބޮޑުދައިތަ ކޮވިޑް-19 ބަލީގައި ނިޔާވެއްޖެ

މޯދީގެ ބޮޑުދައިތަ ކޮވިޑް-19 ބަލީގައި ނިޔާވެއްޖެ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުދައިތަ ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ނަރްމަދަބެން މޯދީ ނިޔާވެފައި ވަނީ އުމުރުފުޅުން 80 އަހަރުގައި އިންޑިއާގެ ސިވިލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ނަރެންދްރަ މޯދީގެ ކޮއްކޮ ފަހްލަދް މޯދީ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، 10 ދުވަސް ކުރިން އޭނާގެ ދައްތަ ހަސްފަތާލު ކުރެވުނު ކަމަށާއި ނިޔާވެފައި ވަނީ ކޮވިޑް-19 ސަބަބުން ދިމާވި ބަލިމަޑުކަމެއްގެ ސަބަބުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް19ގެ ނުރައްކާތެރި ރާޅެއް އިންޑިއާއަށް ބިންދާލައި އެގައުމު އަނެއްކާ ވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ. ހޮސްޕިޓަލްތައް ފުރި ބާރުވެ ޞިއްޙީ އާލާތްތަކަށް ޖެހިފައި ވުމާއެކު އިންޑިއާ ސަރުކާރުން ވަނީ އެހީތެރިކަމަށް އެދިފައެވެ. މި އެދުމާ ގުޅިގެން ޗައިނާ، އެމެރިކާ އަދި ސައުދީ އަރަބިއްޔާގެ އިތުރުން ޕާކިސްތާނުން ވަނީ އެހީވެ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އަދި ސައުދީން މިހާރު ވަނީ ޞިއްހީ އާލާތްތައް އިންޑިއާއަށް ފޮނުވައިދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް