ޚަބަރު

ކަރަންޓީނުގައި ނެތް 2 މީހަކު ފައްސިވެ ދަނބިދުއަށް އަރައި ފޭބުން މަނާ ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލ.ދަނބިދޫން ނެގި 2 ސާމްޕަލެއް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

Ads by Sosun Fihaara

“ދެން”އަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ، އިބްރާހިމް ރަޝީދު ވިދާޅުވީ ފައްސިވެފައި ވަނީ ލ.މާންދޫން ދަނބިދުއަށް ދަތުރު ކުރި ދެ ފިރިހެނުން ކަމަށެވެ.

“އެމީހުން ދަތުރު ފެށި އިރު ޕޮޒިޓިވް ރިސަލްޓް ނުލިބޭ. ރޭ ދަންވަރު ލިބުނީ. އެމީހުން އައިސް މީހުންނާ ބައްދަލު ވެސް ވެފަ ތިބީ” އިބްރާހިމް ރަޝީދު ބުންޏެވެ.

ދަނބިދޫ ސިއްހީ މަރުކަޒުން ބުނީ ފައްސި ވެފައިވާ މީހުންނާ ޑައިރެކްޓް ކޮންޓެކްޓު ވެފައިވާ ފަރާތެއް ވާނަމަ ވީއެންމެ އަވަހަކަށް ޞިއްޙީ މަރުކަޒު ނުވަތަ ދަނބިދޫ ކައުންސިލަށް އެންގުމަށެވެ. އަދި 23 އޭޕްރީލް ވަނަ ދުވަހު ހުކުރަށް ދިޔަ ފަރާތްތަކުގެ ތެރެއިން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަވެސް ވެސް އެ ރަށު ސިއްހީ މަރުކަޒަށް އެންގުމަށެވެ.

އެ ރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް އެބަދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!