Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވައްކަމެއްގެ ތުހުމަތުގައި ސިމްބޮލިކް ރެކޯޑުގެ ލަވަކިޔުންތެރިއެއް ހޯދަނީ

ވައްކަމެއްގެ ތުހުމަތުގައި ސިމްބޮލިކް ރެކޯޑުގެ ލަވަކިޔުންތެރިއެއް ހޯދަނީ

ވައްކަމެއްގެ ތުހުމަތުގައި ސިމްބޮލިކް ރެކޯޑުގެ ލަވަކިޔުންތެރިއެއް ހޯދަން ފުލުހުން ފޮޓޯ އާންމު ކޮށްފިއެވެ.

އޭނާ ހޯދަމުން ދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުން ދަނީ ޏ. ފުވައްމުލައް/ދިގުވާނޑު، ގެރަދޫގެ، އަޙްމަދު އާދިލް (26އ) އެވެ.

Advertisement
Ooredoo — Truecaller (box)

އަޙްމަދު އާދިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު <strong>9792803</strong> އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަހުމަދު އާދިލް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދުނުއިރު ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިއްމު އެއްލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ވެސް ވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައެވެ.

ޕެސްޓުގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ކެނެބިސް ޓްރެފިކްކުރުމާއި، ޑައިމޯފިން ޓްރެފިކްކުރުމާއި، މަސްތުވާ އެއްޗެެއް ޓްރެފިކުކުރުމާއި، ކެނެބިސް ބޭނުންކުރުމާއި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ދައުވާ ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް