Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާފަރު ކައިރިއަށް ނަގޫރޯޅިއެއް ދަތުުރުކޮށްފި

މާފަރު ކައިރިއަށް ނަގޫރޯޅިއެއް ދަތުުރުކޮށްފި
ނ އަތޮޅު މާފަރު ކައިރިން މިއަދުގެ ވަގުތެއްގައި ނަގޫރޯޅިއެއް ދަތުރުކޮށްފިއެވެ. މަންޒަރު ދުށް ފަރާތްތަކުން މިކަން ކަށަވަރު ކޮށްދެމުން "ދެން"އަށް ބުނެފައި ވަނީ ނަގޫރޯޅި ދަތުރުކޮށްފައި ވަނީ މާފަރު ވަށައިގެން ކަމަށާއި، އެންމެ ފުރަތަމަ ފެނުނު އިރު ނަގޫރޯޅި ވަރަށް ކުޑަ ކަމަށެވެ. އަދި ނަގޫރޯޅި ބޮޑުކޮށް ހުއްޓައި ފެނުނީ، ރަށުގެ އިރުވައިމަތި ތޮށިގަނޑާ ދިމާލުން ކަމަށް ވެސް އެ ފަރާތްތަކުން މައުލޫމާތު ދެއެވެ. ވިއްސާރަ ދުވަސް ދުވަހު ރަށުގެ އިރުވައި ފަރާތުން ދޭތެރެ ދޭތެރެއިން ނަގޫރޯޅި ފެންނަ ކަމުގައި އެ ފަރާތްތަކުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް މިފަހަރު ފެނުނު ނަގޫރޯޅިއަކީ އެހެން ފަހަރުތަކުގައި ފެންނަ ނަގޫރޯޅިއަށް ވުރެ ބޮޑު ނަގޫރޯޅިއެއް ކަމަށް ވެސް އެ ފަރާތްތަކުން މައުލޫމާތު ދެއެވެ. މީގެ އިތުރުން އެވަގުތަކީ މާފަރަށް ވާރޭ ވެހެމުން ދިޔަ ވަގުތެއް ކަމުގައި ވިޔަސް ވައި އެހާ ގަދަ ނޫން ކަމަށް މަންޒަރު ދުށް ފަރާތްތަކުން “ދެން”އަށް މައުލޫމާތު ދިނެވެ.

ކަނޑުމަތީ އުފެދޭ މިފަދަ ނަގޫރޯޅިތައް އާއްމު ގޮތެއްގައި އުފެދޭނީ ވައި މަޑުން ޖެހޭއިރުއެވެ. އެހެންކަމުން މިފަދަ ނަގޫރޯޅިތައް މޫދުން އުފެދިގެން އެހައި އަވަހަކަށް އެއްގަމަކަށް ނާރާނެއެވެ. ނަމަވެސް، އެއްގަމަށް އަރައިފިނަމަ ތަކެއްޗާއި މީހުންނަށް ސީރިއަސް އަނިޔާތައް ލިބުން އެކަށީގެންވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް