Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޭދަފުށީ ކްލަސްޓަރ: އިތުރު 5 މީހުން ފައްސިވެ ޖުމްލަ އަދަދު 128އަށް

އޭދަފުށީ ކްލަސްޓަރ: އިތުރު 5 މީހުން ފައްސިވެ ޖުމްލަ އަދަދު 128އަށް

ބ.އޭދަފުށިން އިތުރު 5 މީހުން ކޯވިޑް-19އަށް ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޢަދަދު 128އަށް އަރައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އިއްޔެ އާއި މިއަދު ނެގި ބައެއް ސާމްޕަލްތަކުގެ ތެރެއިން ކޮވިޑްގެ އިތުރު ފަސް ކޭސް ފެނިފައިވާ ކަމަށެވެ.

އޭދަފުށީގެ ކޮވިޑް ކޭސްތަކާ ގުޅިގެން 40 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

Advertisement
Ooredoo — Square (box)

އަލަށް ޕޮޒިޓިވްވި 5 މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ނަތީޖާ ނުލިބޭ 78 ސާމްޕަލެއް ވާ ކަމަށް އޭދަފުށީ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށީން މިމަހުގެ 19 ވަނަ ދުވަހު ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރަށް ވަނީ މޮނިޓަރިން ހާލަތަށް ލެވިފައެވެ. ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެން ރަށް މޮނީޓަރިން ހާލަތުގައި ދެމިއޮންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް